News Featured

250 ލެޕްޓޮޕްގެ ވިއްކުމަށް ރަޖިސްޓްރީ ވުމަށާއި އަގު ހުށަހަޅަން 2 ދުވަހާއި ބައި

Placeholder banner 3Placeholder banner 1Placeholder banner 2
250 ލެޕްޓޮޕްގެ ވިއްކުމަށް ރަޖިސްޓްރީ ވުމަށާއި އަގު ހުށަހަޅަން 2 ދުވަހާއި ބައި
Photo: Social Media
ތަފްޞީލް

ފެނަކަ ކުންފުންޏަށް ބޭނުންވާ 250 ލެޕްޓޮޕް ހޯދުމަށް 2 ވަނަ ފަހަރަށް އެކުންފުނިން ކޮށްފައިވާ އިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެކުންފުނިން ދީފައިވަނީ ގާތްގަނޑަކަށް 2 ދުވަހާއި ބައި ކަން އެކުންފުނިން ގެޒެޓް ކޮށްފައިވާ އިއުލާނުން ފާހަގަ ކުރެވިއްޖެއެވެ. 

 

ފެނަކަ ކުންފުނިން 2026 އޯގަސްޓް 31 ވަނަ ދުވަހު 15:06 ގައި ގެޒެޓް ކޮށްފައިވާ އިއުލާނުގައި ވާގޮތުން އެކުންފުނިން މީގެ ކުރިން ކޮށްފައިވާ އިއުލާން އަށް ފުރިހަމަ ތަރުހީބު ލިބިފައި ނުވާތީ އަލުން ބީލަށް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލީ ކަމަށެވެ.

 

ފެނަކައިން ވަނަ ފަހަރަށް ކޮށްފައިވާ އިއުލާންގެ ތާވަލު:

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުން: 20 އޮގަސްޓުން 02 ސެޕްޓެމްބަރު 3 އަށް

އީމެއިލް އިން މައުލޫމާތު ސާފުކުރުން: 02 ސެޕްޓެމްބަރު މެދުރުފަހު 3 އަށް

އަގު ހުށަހެޅުން: 03 ސެޕްޓެމްބަރު 11 ޖަހާއިރު

 

ފެނަކަ ކުންފުނިން އިޢުލާނުގައިވާ ގޮތުން ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅަން ރަޖިސްޓްރީ ކުރުމަށް އީމެއިލް ފޮނުވުމުން ރަޖިސްޓްރީ ވި ކަމަށް "ކޮންފަރމޭޝަން" އީމެއިލްއެއް އެކުންފުނިން ފޮނުވާނެ ކަމަށެވެ. އަދި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަންނާނެ ކަމަށެވެ. އަދި ހަމައެއާއި އެކު ކޮންމެ ވަގުތެއްގައިވެސް އަންދާސީ ހިސާބު ބާޠިލް ކުރުމުގެ އިޚްތިޔާރު އެކުންފުންޏަށް ލިބިގެންވާ ކަމަށްވެސް އިޢުލާނުގައި ވަނީ ބަޔާން ކޮށްފައެވެ. 


Share this article: Facebook Twitter WhatsApp
Related Articles