Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ކޯޓްތަކުގެ ޤާނޫނަށް ބަދަލު ގެނެސް "ކުދި ވިޔަފާރިތަކަށް ޚާއްޞަ" ކޯޓެއް އުފައްދަނީ

ކޯޓްތަކުގެ ޤާނޫނަށް ބަދަލު ގެނެސް "ކުދި ވިޔަފާރިތަކަށް ޚާއްޞަ" ކޯޓެއް އުފައްދަނީ
Photo: Social Media
ތަފްޞީލް

ދިވެހިރާއްޖޭގެ ކޯޓް ތަކުގެ ޤާނޫނަށް ބަދަލު ގެނެސް "ކުދި ވިޔަފާރިތަކަށް ޚާއްޞަ" ކޯޓެއް އުފައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

 

ރައީސް މުޢިއްޒު 2026 ސެޕްޓެމްބަރު 07 ވަނަ ދުވަހު ރައީސްލްޖުމްހޫރިއްގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ބަދަލުގެ ދަށުން އެއްލައްކަ ރުފިޔައަށްވުރެ ކުދި މައްސަލަތައް އަވަހައް ނިންމުމަށް ސްމޯލް ކްލެއިމްސް ކޯޓެއް އުފެއްދުމަށް ނިންމަވާފައިވާ ކަމަށާއި މަދަނީ ކޯޓްގައި ކޮމާޝަނލް ޑިވިޝަނެއް ނުވަތަ އިތުރު ކޯޓެއް އުފެއްދުމަށްވެސް ނިންމަވަފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ކޯޓުތަކާ ބެހޭ ޤާނޫނަށާއި މަދަނީ އިޖުރާއަތުގެ ގާނޫނަށް ބަދަލު ގެންނަނީ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުންނެވެ. 


Share this article: Facebook Twitter WhatsApp
Ad #9Learn skills for the futureRobotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Enrol now →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all