ޚަލީލު އިސްތިއުފާ ދެއްވީ ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުން.



ބޭރުފައިސާ މާރުކުރުމުގެ ސިޔާސަތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު ކަމަށް އައްޔަން ކޮށްފައިވާ މުޙައްމަދު ހަލީލް އިސްތިރުފާ ދެއްވައިފިއެވެ. ހަލީލް އިސްތިއުފާ ދެއްވައިފައިވަނީ 2026 އޯގަސްޓް 26 ވަނަ ދުވަހުގައެވެ.
ދިވެހިރާއްޖޭގެ ރިސޯޓް ޗެއިންއެއް ކަމުގައިވާ ޕަލްސް ހޮޓެލްސް އާއި މަންތާ އެއަރގެ ހިއްސާދާރެއްގެ ގޮތުއިވެސް ހިމެނިވަޑައިގަންނަވާ ޚަލީލް އިސްތިއުފައި ދެއްވާފައިވަނީ ބޭފުފައިސާ އާއިބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާޙް ރައްޔިތުންގެ މަޖިލީހުން ފާސްކުރިތާ މަދު ވަގުތު ކޮޅެއް ތެރޭގައެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ފުރަތަމަ ހުށަހެޅި އިސްލާހުގައިވަނީ ދިވެހިރާއްޖޭގައި ހިންގާ ރިސޯޓްތަކުން ލިބޭ އާމްދަނީގެ 20% ޕަސެންޓް މަރުކަޒީ ބޭންކަށް މާރުކުރަން ލާޒިމް ކޮށްފައެވެ. އެހެންނަމަވެސް ބިލަށް މަޖިލީހުގައި ބަހުސް ކުރުމަށްފަހު މަޖިލީހުގެ ކޮމިޓީއަށް ބިލް ދިރާސާކުރަން ފޮނުވުމުން ކޮމިޓީން ވަނީ ދިވެހިރާއްޖޭގައި ހިންގާ ރިސޯޓްތަކުން ލިބޭ އާމްދަނީގެ 40% މަރުކަޒީ ބޭންކަށް މާރުކުރާ ގޮތަށް އިސްލާހުކޮށް ކޮމިޓީ މަރުހަލާގައިވެސް ފާސްކޮށްފައެވެ. އަދި މި އިސްލާޙް މިގޮތަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މަޖިލީހުން ވަނީ ކޮމިޓީން ހުށަހަޅާފައިވާ އިސްލާޙް ތަކާއެކު ބިލް ފާސްކޮށްފައެވެ.
ބޭރުފައިސާގެ ޤާނޫނު ފާސްވެގެން ދިޔައިރު ސަރުކާރުން ވަނީ ގިނަ އިސްލާޙްތަކެއް މި ޤާނޫނަށް ގެނެސްފައއެވެ. އަދި ޤާނޫނަށް މިގެނެވުނު އިސްލާހާއި ގުޅިގެން ޓުރިޒަމް ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކު ދަނީ މި ގެނެވުނު އިސްލާހް ތަކާއިމެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.