Health Featured

ކެއުމުގައި ގީ އަކީ މުހިންމު އަދި ފައިދާހުރި އެއްޗެއް

Advertisement
ކެއުމުގައި ގީ އަކީ މުހިންމު އަދި ފައިދާހުރި އެއްޗެއް
ތަފްޞީލް

ދެކުނު އޭސިޔާގެ ކެއުންތަކުގައި ޚާއްސަކޮށް އިންޑިޔާ ދިވެހިރާއްޖޭގެ ބައެއް ސަގާފީ ކެއުންތަކުގައި ގީ އަކީ  ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ވަރަށް މުހިންމު އަދި ފައިދާހުރި އެއްޗެކެވެ. މިއީ އާދައިގެ ބަޓަރު ފުރާނައިގެން ތައްޔާރުކުރާ އެއްޗެކެވެ.


ކެއުމުގައި ގީގެ މުހިންމު ކަމާއި ލިބޭ ބައެއް ފައިދާތައް:


ގީއަކީ ހަށިގަނޑަށް ބޭނުންވާ ހަކަތަ  އިތުރުކޮށްދޭ އަދި މަސައްކަތްކުރާ ވަގުތު މީހާ ހައިވިޔަ ނުދީ ހިފަހައްޓައިދޭ އެއްޗެކެވެ. އަދި ގީގައި ހިމެނޭ ބިއުޓިރިކް އެސިޑްގެ ސަބަބުން ބަނޑުގެ އާންމު ސިއްހަތު ރަނގަޅުކޮށްދީ، ހަޖަމުކުރުމުގެ ނިޒާމަށް ފަސޭހަކޮށްދެއެވެ.


ގީގައި ގިނަ އަދަދަކަށް ވިޓަމިން އީ އަދި އެހެނިހެން އެންޓިޑޮކްސިޑެންޓް ހުރުމުގެ ސަބަބުން ހަމަށް ތާޒާކަމާއި، އިސްތަށިގަނޑަށް ދުޅަހެޔޮކަން ގެނެސްދެއެވެ.


ހަށިގަނޑަށް ކާނާއިން ވިޓަމިން ޚާއްސަކޮށް ވިޓަމިން  A D E K ނެގުމަށް ސަރުބީ ނުވަތަ ފެޓް ބޭނުންވެއެވެ. ގީއަކީ އެފަދަ ފައިދާހުރި ފެޓެކެވެ.


ސަގާފީ ގަބޫލުކުރުންތަކާއި ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ސިކުނޑީގެ މަސައްކަތްތަކާއި ހަނދާންކުރާ ބާރު ރަނގަޅުކުރުމަށް ގީ އެހީވެދެއެވެ.


ނަމަވެސް، މިއީ ކެލޮރީ ގިނަ އެއްޗަކަށްވާތީ، މާ ގިނައިން ބޭނުންކުރުމުގެ ބަދަލުގައި (މެދުމިނެއްގެ) ގޮތެއްގައި ބޭނުންކުރުމަކީ ސިއްހަތަށް އެންމެ ފައިދާހުރި ގޮތެވެ.


ކަރީނާ ކަޕޫރު ޚާންގެ ގޭބިސީގައި ގީއަކީ ކޮންމެ ދުވަހަކުވެސް ބޭނުންކުރާ މުހިންމު އެއްޗަކަށް ވާއިރު، އެކަން ފޮރުވުމެއް ނެތި އޭނާ ވަނީ ހާމަކޮށްފައެވެ


. 'ދަ ގްރޭޓް އިންޑިއަން ކަޕިލް ޝަރްމާ ޝޯ' ގައި މި ބަތަލާ ހާމަކޮށްފައިވާ ގޮތުގައި، އޭނާގެ ދެ ދަރިން ކަމަށްވާ ތައިމޫރާއި ޖެހް ވެސް ގަވާއިދުން ގީ ކައި އުޅެއެވެ. އަދި އޭގެ ސަބަބުން އަބަދުވެސް ޒުވާންކަންމަތީ ތިބެވޭ ކަމަށް ފިރިމީހާ ސައިފް އަލީ ޚާން ވަނީ ސަމާސާގޮތެއްގައި ބުނެފައެވެ.


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް