Arts Featured

ކެމެރާތަކާއި ފޯނުތައް ރާއްޖެއަށް! "ވާރލްޑް ކްރިއޭޓަރ ސަމިޓް އަދި އެވޯޑްސް" ބާއްވާ ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ...

Advertisement
ކެމެރާތަކާއި ފޯނުތައް ރާއްޖެއަށް! "ވާރލްޑް ކްރިއޭޓަރ ސަމިޓް އަދި އެވޯޑްސް" ބާއްވާ ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ...
Photo: Visit Maldives Corporation
ތަފްޞީލް

ދުނިޔޭގެ ސޯޝަލް މީޑިއާ އިންފްލުއެންސަރުންގެ "އޮސްކާ" ގެ ގޮތުގައި ސިފަކުރެވޭ "ވާރލްޑް ކްރިއޭޓަރ އެވޯޑްސް" އާއި، ބައިނަލްއަޤްވާމީ ކްރިއޭޓަރުންގެ ބޮޑު ސަމިޓް ރާއްޖޭގެ ގުދުރަތީ ރީތި ކަނޑުތަކާއި ރިސޯޓުތަކުގެ މާހައުލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މިއީ ޑިޖިޓަލް މީޑިއާއާއި ޓޫރިޒަމް އިޝްތިހާރުކުރުމުގެ ދާއިރާއިން ދުނިޔޭގެ އެންމެ ބޮޑެތި ނަންތައް އެއްފުރާޅެއްގެ ދަށަށް ގެންނަ ފުރަތަމަ ހަރަކާތެވެ.


އެވޯޑް ދިނުމުގެ އިތުރުން "ވާރލްޑް ކްރިއޭޓަރ ވީކް" ގެ ނަމުގައި ޚާއްސަ ހަފްތާއެއް ފާހަގަކުރެވޭނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ އެކި ރިސޯޓުތަކާއި ރަށްރަށުގައި ބޭއްވޭ މާސްޓަރކްލާސްތަކާއި، ކޮންޓެންޓް އުފެއްދުމުގެ ވޯކްޝޮޕްތައް ހިމެނެއެވެ. މި ސަމިޓުގެ ސަބަބުން ދިވެހިރާއްޖޭގެ އަމިއްލަ ކޮންޓެންޓް ކްރިއޭޓަރުންނަށް ދުނިޔޭގެ ފެންވަރުގެ ބޮޑެތި އިންފްލުއެންސަރުންނާ ބައްދަލުވެ، އެކީގައި މަސައްކަތްކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި ނަންވިދާލުމުގެ ބޮޑު ފުރުޞަތެއް ހުޅުވިގެންދާނެއެވެ.


ވިޒިޓް މޯލްޑިވްސް އިން ފާހަގަކުރި ގޮތުގައި، އިޝްތިހާރުކުރުމުގެ އާންމު ގޮތްތައް ބަދަލުވެ، ޑިޖިޓަލް ކްރިއޭޓަރުންގެ ދައުރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މި ފަދަ ބޮޑު ހަރަކާތެއް ރާއްޖޭގައި ބޭއްވުމަކީ ރާއްޖެއަކީ ހަމައެކަނި ޗުއްޓީ ހޭދަކުރާ ތަނެއްގެ އިތުރުން ޑިޖިޓަލް އީޖާދުތަކުގެ ސެންޓަރެއްގެ ގޮތުގައި އިޝްތިހާރުވެގެންދާނެ ކަމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ފޮލޯވަރުން ތިބި އިންފްލުއެންސަރުންގެ ކެމެރާތަކުގެ މިސްރާބު ރާއްޖެއަށް ހުއްޓިގެންދާއިރު، މިއީ ސޯޝަލް މީޑިއާގެ ދުނިޔޭގައި ރާއްޖެއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް