News Featured

އިސްރާއީލީ ވަޒަންވެރިން ވެސްޓް ބޭންކުގައި ތިބި ޔޫރަޕްގެ ޑިޕްލޮމޭޓުންނަށް ހަމަލާދީފި.

Advertisement
އިސްރާއީލީ ވަޒަންވެރިން ވެސްޓް ބޭންކުގައި ތިބި ޔޫރަޕްގެ ޑިޕްލޮމޭޓުންނަށް ހަމަލާދީފި.
Photo: NDTV
ތަފްޞީލް

ހިފާފައިވާ ފަލަސްތީނުގެ ވެސްޓް ބޭންކުގެ "ތައިބާ" ސަރަހައްދުގައި ފަލަސްތީނުގެ ދަނޑުވެރިން ކައިރިއަށް ޒިޔާރަތްކުރި ޔޫރަޕްގެ މުހިންމު ޑިޕްލޮމޭޓުންގެ ޓީމަކަށް، މޫނުނިވާކޮށްގެން ތިބި އިސްރާއީލީ ވަޒަންވެރިންގެ ގްރޫޕަކުން ވަނީ އަނިޔާވެރި ހަމަލާތަކެއް ދީފައެވެ.

 

މި ދަތުރުގައި ބައިވެރިވި ޑިޕްލޮމޭޓުންގެ ތެރޭގައި ފްރާންސް، ބެލްޖިއަމް އަދި ޕޯލެންޑްގެ އިސް އޮފިޝަލުން ހިމެނިވަޑައިގަންނަވައެވެ. މަންޒަރު ދުށް ފަރާތްތަކާއި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދަގަނޑުބުރިތަކާއި ގާތައް ހިފައިގެން ތިބި ވަޒަންވެރިން ވަނީ ޑިޕްލޮމޭޓުންގެ ކާރުތަކުގެ ބިއްލޫރިތައް ތަޅައިހަލާކުކޮށް، އެތަނުގައި ހުރި ފްރާންސްގެ ސިޓީއެއްގެ މޭޔަރެއް ކަމަށްވާ ބަރނާޑް ބޯޑޫގެ ގައިގައި ތަޅައި އަނިޔާކޮށްފައެވެ.


ހަމަލާގެ ތަފްސީލު.

މި ހަމަލާ ދީފައިވަނީ އަހަރީ ޒައިތޫނި (އޮލިވް) ކެނޑުމުގެ މޫސުމާ ދިމާކޮށް، އިސްރާއީލީ ވަޒަންވެރިންގެ އުނދަގޫތަކާ ކުރިމަތިލާންޖެހިފައިވާ ފަލަސްތީނުގެ އާންމު ދަނޑުވެރިންނަށް އެހީތެރިވުމަށާއި ހާލަތު ބެލުމަށް ޑިޕްލޮމޭޓުން އެ ސަރަހައްދަށް ގޮސް ތިއްބައެވެ.

 

މޫނުނިވާކޮށްގެން ތިބި ވަޒަންވެރިން ވަނީ ޑިޕްލޮމޭޓުންނާ ދިމާލަށް އަޑުގަދަކޮށް، އންޒާރުދީ، ވަގުތުން އެސަރަހައްދު ދޫކޮށް ދިއުމަށް އަންގައި ހަމަލާދޭން ފަށާފައެވެ. ފްރާންސްގެ މޭޔަރު ބާނާޑް ވިދާޅުވި ގޮތުގައި ވަޒަންވެރިން ވަނީ އޭނާ ބިމަށް ވައްޓާލުމަށްފަހު ފައިންޖަހައި ދަގަނޑުބުރިން ހަމަލާދީފައެވެ.


ބައިނަލްއަގުވާމީ ކަންބޮޑުވުމާއި ރައްދު.

މި ހާދިސާއާ ގުޅިގެން ބެލްޖިއަމްގެ ހާރިޖީ ވަޒީރު ވަނީ އިސްރާއީލީ ވަޒަންވެރިންގެ އަނިޔާވެރިކަން ކުށްވެރިކުރައްވައި، މިއީ އިސްރާއީލުން ހިންގާ ގާނޫނާ ހިލާފު ވަޒަންވެރިކުރުވުމުގެ ސިޔާސަތުގެ ނަތީޖާ ކަމަށް ވިދާޅުވެފައެވެ. އަދި ޔޫރަޕްގެ އިއްތިހާދުން ވަނީ އިސްރާއީލުގެ ސަރުކާރަށް، މިފަދަ ހަމަލާތައް ހިންގާ ވަޒަންވެރިންނަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

 

އިސްރާއީލުގެ ހާރިޖީ ވަޒީރު ގިޑިއޯން ސާރ ވަނީ މި ހަމަލާ ކުށްވެރިކުރައްވައި، ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އިސްރާއީލުން ބުނެފައިވަނީ ޑިޕްލޮމޭޓުން އެ ސަރަހައްދަށް ދިޔައީ އިޒްރާއީލުގެ ސެކިއުރިޓީއާ ކޯޑިނޭޓް ނުކޮށް ކަމަށެވެ.

 

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ފާހަގަކުރާ ގޮތުގައި، ވެސްޓް ބޭންކުގައި އިސްރާއީލީ ވަޒަންވެރިން ފަލަސްތީނުގެ އާންމުންނަށާއި ބައިނަލްއަގުވާމީ އެކްޓިވިސްޓުންނަށް ދޭ ހަމަލާތައް މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް