Sports Featured

އިހަވަންދޫ ކައުންސިލުން ފުޓުސަލް މުބާރާތެއް ހއ.އަތޮޅަށް ހުޅުވާލައިފި

Advertisement
އިހަވަންދޫ ކައުންސިލުން ފުޓުސަލް މުބާރާތެއް ހއ.އަތޮޅަށް ހުޅުވާލައިފި
ފޮޓޯ:އިހަވަންދޫ ޑޮޓްކޮމް
ތަފްޞީލް

އިހަވަންދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް ހއ. އަތޮޅަށް ހުޅުވާލައިފިއެވެ. މި މުބާރާތަކީ، އިހަވަންދޫގެ ޓީމްތަކުގެ އިތުރުން ހއ އަތޮޅުގެ އެހެން ރަށްރަށުގެ ޓީމްތަކަށްވެސް ވާދަކުރެވޭގޮތަށް  ހުޅުވާލާފައިވާ މުބާރާތެކެވެ. މިއީ މިމުބާރާތް ކުރިޔަށްގެންދާ ފުރަތަމަ ފަހަރެވެ. 


ކުރިން މި މުބާރާތް ފެށިގެން އައީ ހަމައެކަނި އިހަވަންދޫއަށް ހުޅުވާލަފައިވާ މުބާރާތެއްގެ ގޮތުގައެވެ. ނަމަވެސް މިދިޔަ ދެ މުބާރާތް ކުރިޔަށް ގެންދިޔައީ އިލަވަން އަ ސައިޑް (ބޮޑު ގޯލް) މުބާރާތެއްގެ ގޮތުގައެވެ. ނަމަވެސް މިއަހަރުގެ މުބާރާތް މިވަނީ ފުޓްސަލްއަށް ބަދަލުކޮށްފައެވެ. މިއީ ކައުންސިލް ކަޕްގެ ނަމުގައި މިމުބާރާތް ކުރިޔަށް ގެންދާ 9 ވަނަ ފަހަރެވެ. 


މިދިޔަ މުބާރާތަށްވުރެ މިއަހަރުގެ މުބާރާތުގެ ފައިސާގެ އިނާމުވަނީ ކުޑަކޮށްފައެވެ. އެގޮތުން ޗެމްޕިއަން ޓީމަށް 30،000ރ ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 10،000ރ ގެ ފައިސާގެ އިނާމެވެ. 


މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މިމަހުގެ 25 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ހުށަހަޅަންޖެހޭއިރު، މިމުބާރާތް ފަށާނީ އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. 


މީގެކުރިން ބޭއްވި މުބާރާތުގައި އެންމެ ކާމިޔާބު ޓީމަކީ އެންވީކޭ އެވެ.  އެޓީމްވަނީ  5 ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ. މިދިޔަ ކައުންސިލް ކަޕްގައި ވާދަކޮށްފައިވަނީ 4 ޓީމެކެވެ. 


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް