އިއާދަކުރަނިވި ހަކަތައަށް ބޮޑު ކުރިއެރުމެއް: 15 މެގަވޮޓްގެ ސޯލާ ސިސްޓަމެއް ގާއިމުކުރަން ޗައިނާ ކުންފުންޏަކާއެކު ސޮއިކޮށްފި!

ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި "ސާފު ހަކަތަ" އުފެއްދުމަށް ދިވެހިރާއްޖެއިން ކުރަމުންދާ އުއްމީދީ ދަތުރުގައި އިތުރު މުހިންމު ފިޔަވަޅެއް މިއަދު މިވަނީ އަޅާފައެވެ! މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަންމަންޓް އެންޑް އެނާޖީން ވަނީ ޗައިނާގެ "ޒޭޖިއަންގް ކިންގްޓިއަން ސޯލާ އެނާޖީ ޓެކްނޮލޮޖީ" (Zhejiang Qingtuan Solar Energy Technology Co., Ltd.) އާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ކުރުޔަސޤ ގެނދިޔުމަށޤ ހަމަޖެހި ފާވާ މުހިއްމު މަޝްރޫއުގައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 15 މެގަވޮޓް (MW) ގެ ސޯލާ ޕީވީ (PV) ސިސްޓަމެއް ޤާއިމުކުރުން ލިމެނެއެވެ. އުފައްދާ ހަކަތަ ރައްކާކޮށް، ކަރަންޓު ގްރިޑް ހަމަހަމަކޮށް ބެހެއްޓުމަށްޓަކައި 15 މެގަވޮޓް އަވަރ (MWh) ގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް (BESS) ޤާއިމުކުރުން ހިމެނެއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހުސައިން އަގީލް ނަސީރުއެވެ. ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިންގ ވައިސް ޕްރެޒިޑެންޓް ދޮންގްތިންގް ހޭ އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ، 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމުގެ ޤައުމީ އަމާޒަށް ދިއުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެކި އަތޮޅުތަކުގެ ކަރަންޓު ވިއުގަ ވަރުގަދަވެ، ތެޔޮ އެތެރެކުރުމަށް ކުރާ ބޮޑު ހަރަދު ކުޑަވެގެންދާނެއެވެ!