ހުޅުމާޅޭގައި ބަޑިއެއް ގެންގުޅޭ ވީޑިއޯއެއްގެ މަސައްލަ ބަލައި ކުޅޭކުޅޭ ބަޑިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް
ރާއްޖޭގައި ބަޑިއެއް ގެންގުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިއުމާ ގުޅިގެން އެ މައްސަލަ ބަލައި، އެ ވީޑިއޯގައި ބޭނުންކުރީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރުކޮށް، އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ، ބަޑިއެއެއް ހިފައިގެން ބަޔަކު އުޅޭ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، އެ ތަކެއްޗަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
މި ވީޑިއޯއަކީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާ ކަމެއްގެ ވީޑިއޯއެއްކަން އެ ކަމާ ގުޅިގެން އިތުރަށް ބެލިބެލުމުން،ވަނީ ދެނެގަނެވިފައިކަން ފުލުހުން ހާމަކުރިއެވެ.
މި މައްސަލައާ ގުޅިގެން، ވީޑިއޯއިން ފެންނަ ރަތްކުލައިގެ ކާރު، ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ވަނީ ހުޅުމާލެ ރުއްގަނޑު ދޭއްގެ ސަރަހައްދުން ހޯދައި ހުއްޓުވާފައި ކަމަށް ފުލުހުން ބުންޏެވެވެ.
އެ ވަގުތު ކާރު ދުއްވަން އިން ފަރާތާ ސުވާލުކުރުމުން އެއީ ކުއްޔަށް ދޫކުރާ ކާރެއްކަން އެނގިފައިވުމުން، އެ ކާރު ކުއްޔަށް ނެގި މީހާ ފުލުހުންގެ އިދާރާއަށް ހާޒިރުރުކުރި ކަމަށް އެ މުއައްސަސާއިން ބުނެފައި ވެއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ އިތުރަށް ބެލިބެލުމުން އެ ވީޑިއޯއިން ފެންނަ ބަޑިތަކަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ވަނީ ކަށަވަރުކުރެވިފައެވެ. އަދި އެ ވީޑިއޯ ކުޅެފައިވަނީ، ކުޅިވަރުގެ ބޭނުމުގައި ކުރިކަމެއް ކަމަށް ކަމާ ގުޅުން ހުރި މީހާ ބުނެފައި ވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށާއި، އެކަމާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންކަމަށްވެސް އެ މުއައްސަސާއިން ފާހަގަކުރިއެވެ.
