ހޮސްޕިޓަލުގައި އެނދުމަތިކުރުމާ ގުޅިގެން ދީނާގެ ޙުކުމް އިއްވުމުގެ ޝަރީޢަތް ފަސްކޮށްފި!

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލައެއްގައި ދީނާގެ މައްޗަށް ޙުކުމް އިއްވުމަށް ތާވަލުކުރި ޝަރީޢަތުގެ އަޑުއެހުން، އޭނާ ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދެމުންދާތީ ފަސްކޮށްފިއެވެ. ކޯޓުން މަޢުލޫމާތު ދެއްވާ ގޮތުގައި، މިއަދަށް ތާވަލުކުރި ޙުކުމް އިއްވުމުގެ އަޑުއެހުން ކުރިއަށް ނުގެންދެވުނީ ދީނާގެ ޞިއްޙީ ޙާލަތުުރިގޮތުން ކޯޓަށް ހާޒިރުވެވޭފަދަ ދަނޑިވަޅެއްގައި ނޫންކަމަށް ބަޔާންކޮށް، މެޑިކަލް ލިޔެކިޔުންތައް ކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ.
ދީނާ ހޮސްޕިޓަލުން ދޫކޮށްލުމުން ނުވަތަ ޞިއްޙީ ޙާލަތު ރަނގަޅުވުމުން ޙުކުމް އިއްވުމުގެ އަޑުއެހުން އަލުން ތާވަލުކުރެވޭނެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން، ދަޢުވާލިބޭ ފަރާތުގެ ޙާޟިރުގައި މެނުވީ ޙުކުމް އިއްވުމުގެ އަޑުއެހުން ކުރިއަށް ނުގެންދެވޭނެއެވެ. މި މައްސަލައިގައި އިތުރު އަޑުއެހުމެއް ބާއްވާނެ ތާރީޚެއް ކޯޓުން ފަހުން އިޢުލާނުކުރާނެކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.