Sports Featured

ހޯރަފުށީ އތކގެ ވޮލީ މުބާރާތް ފެށިގެން ކުރިއަށް

Advertisement
ހޯރަފުށީ އތކގެ ވޮލީ މުބާރާތް ފެށިގެން ކުރިއަށް
ތަފްޞީލް

ހޯރަފުށީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (އތކ)ން އިންތިޒާމް ކޮށްގެން ހޯރަފުށީފައި ވޮލީ މިބާރާތެއް ފަށައިފިއެވެ. 


ހޯރަފުށީގައި ޤާއިމް ވެފައިވާ އޮފީސްތަކަށް ހުޅުވާލައިގެން ކުރިއަށްދާ މި މުބާރާތުގައި ފެނަކަ، ޕޮލިސް އަދި ހޯރަފުށީ އެއަރޕޯޓްން ވަނީ ޓީމް ބައިވެރި ކޮށްފައެވެ. 


މި މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެފަހަރު ބައްދަލުކޮށް، އެންމެ ގިނަ ޕޮއިންޓް ލިބިގެން ފައިނަލަށް ގޮސްފައިވަނީ ހޯރަފުށީ ފެނަކަ ޓީމާއި ހޯރަފުށީ ޕޮލިސް ސްޓޭޝަންގެ ޓީމެވެ. 


މި ދެޓީމު ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުގެރޭ 8:45 ގައެވެ.

Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް