ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ތަމްރީނު ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

Placeholder banner 1Placeholder banner 2Placeholder banner 3
ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ތަމްރީނު ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
ތަފްޞީލް

ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ތަމްރީނު ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހުޅުވާލއިފިއެވެ.


އެޗްއާރުސީއެމް ހާމަކޮށްފައިވާ ގޮތުގައި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތައް ބިނާކުރުމަށްޓަކައި "ހިއުމަން ރައިޓްސް ޑިފެންޑަރސް ޕްރޮގްރާމް"ގެ ނަމުގައި ހައްދުންމަތީ ގަމުގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ 5 ދުވަހުގެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހައްދުންމަތީގެ ރަށްތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާއި އަމިއްލަ ހައިސިއްޔަތުން އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ހިއުމަން ރައިޓްސް ޑިފެންޑަރުންނާއި އަދި، އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ހުޅުވާލައިފައެވެ.

 

ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވަނީ ހިއުމަން ރައިޓްސް ޑިފެންޑަރސް ޕްރޮގްރާމްގެ މަޤްޞަދަކީ އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތައް ބިނާކޮށް އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ ސަޤާފަތެއް ޤާއިމުކޮށް، އިންސާނީ ޙައްޤުތަކުގެ ރޫޙް އާލާކޮށް، ޙިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ފަރާތްތަކާއި ޖަމްއިއްޔާ ޖަމާއަތްތައް ތަމްރީނުކޮށް ބާރުވެރިކުރުމެވެ.

 

މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް އިންސާނީ ހައްޤުތަކާ ގުޅޭ މައުލޫމާތާއި، ބައިނަލްއަގުވާމީ އަދި ގައުމީ އިންސާނީ ހައްޤުތަކުގެ ނިޒާމުގެ މައުލޫމާތާއި، ހިއުމަން ރައިޓްސް ޑިފެންޑަރުންގެ މަސައްކަތްތަކާއި، ހައްޤުތަކަށް ވަކާލާތު ކުރާނެ ގޮތްތަކާއި، އެޑްވަކަސީ ކެމްޕޭންތައް ރާވާ ހިންގުމާ ގުޅޭ މައުލޫމާތު ލިބިގެންދާނެއެވެ. އަދި، ކޮމިޝަނުން ކުރިއަށްގެންދާ އިތުރު ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގައި މި ޕްރޮގްރާމް ފުރިހަމަ ކުރައްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގަމާއި ފޮނަދޫ ފިޔަވާ އެހެން ރަށްތަކުގެ ބައިވެރިންނަށް ފެރީގެ ޚަރަދާއި ކެއުމާއި ހުރުމުގެ ޚަރަދުގެ އިތުރުން ގަމުގެ އެތެރޭގެ ދަތުރުފަތުރުގެ ޚަރަދު ދައުލަތުގެ ރޭޓުން ހަމަޖައްސާދޭ ގޮތަށް އެޗްއާރުސީއެމުން ވަނީ ހަމަޖައްސައިފައެވެ. އަދި ފޮނަދޫން ބައިވެރިވާ ފަރާތްތަކަށް ގަމުން ފޮނަދޫއަށް ދިޔުމާއި އެނބުރި އައުމުގެ ޚަރަދު ހަމަޖައްސާ ދެވޭނެ އެވެ. އަދި ޓްރޭނިންގ އޮންނަ ގަޑިތަކުގައި ހުރިހާ ބައިވެރިންނަށްވެސް ކެއުން ހަމަޖެހޭނެ ކަމަށް އެކޮމިޝަނުން ހާމަކުރެއެވެ. 


Share this article: Facebook Twitter WhatsApp
Related Articles