Ad #8Learn skills for the futureRobotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Enrol now →
News Featured

ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ނުދިނުމުން މުބާރާތް ކެންސަލްކޮށްފި

ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ނުދިނުމުން މުބާރާތް ކެންސަލްކޮށްފި
ތަފްޞީލް

ކުޅުދުއްފުށި ސިޓީ ކައުންސިލާއި އަންހެނުން ކޮމިޓީ ގުޅިގެން ބާއްވަން ނިންމާފައިވާ ކުޅުދުއްފުށީ ގުރުއާން މުބާރާތުގައި އެރަށު ސްކޫލްތަކުން ބައިވެރިވުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ނުދިނުމުން މުބާރާތް ކެންސަލްކޮށްފި އެވެ.


މުބާރާތް ކެންސަލް ކުރިކަން އިއުލާނުކޮށް ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނީ މިއަހަރުގެ މުބާރާތުގައި ސްކޫލްތަކުން ވާދަ ކުރުމަށް އެޑިޔުކޭޝަނުގެ ހުއްދަ ސްކޫލްތަކަށް ލިބިފައިނުވާތީ، ރޭވިފައިވާ ގޮތަށް މިމުބާރާތް ކުރިއަށްނުގެންދެވޭނެ ކަމަށެވެ. 


މުބާރާތުގައި މައިގަނޑު ގޮތެއްގައި ވާދަކުރާނީ ސްކޫލްތައް ތަމްސީލުކުރާ ދަރިވަރުން ކަމަށާއި، އެ ދަރިވަރުންނާއި ނުލާ މުބާރާތް ކުރިއަށް ގެންދިޔުމަކީ އެ ދަރިވަރުންގެ ހައްޤުތަކަށް އުނިކަން އަންނާނެކަމަކަށްވާތީ އަދި އެއީ އެންމެ އިންސާފުވެރިގޮތް ކަމުގައި ނުފެންނާތީ، މިއަހަރު މިމުބާރާތް ނުބާއްވަން ނިންމީ ކަމަށެވެ.


އަންނަ ނޮވެމްބަރު 5 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ މި މުބާރާތް ބޭއްވުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައްވެ، މަސައްކަތްތައް އައުޓްސޯސްކޮށްފައި ވަނިކޮށް އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދަ ނުލިބުމުގެ ސަބަބުން މުބާރާތް ކުރިއަށް ގެންދެވޭގޮތް ނުވުމަކީ، ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިހާއަށް ހިތާމަކުރާ ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.


 އަދި ދަރިވަރުންގެ ކުރިއެރުމާއި ލާބައަށް ސްކޫލްތަކުން އެދޭ މިފަދަ ކަންކަމަށް މިނިސްޓްރީން ހުއްދަ ނުދިނުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށާއި، މިފަދަ ކަންކަމަކީ އެ ސްކޫލެއްގެ އިޚްތިޔާރުގެ ދަށުގައި އޮންނަންޖެހޭނެ ކަންކަން ކަމުގައި ދެކޭ ކަމަށްވެސް ކައުންސިލު ބަޔާނުގައި ބުނެފައިވެއެވެ.


ގައުމީ ފެންވަރުގައި ހެދޭ އެކްޓިވިޓީ ކަލަންޑަރެއްގައި ނެތުމުން ކަމަށް ބުނެ، ސިޓީ ފެންވަރުގައި ކުރަމުންދާ މިފަދަ މަސައްކަތްތައް ހުއްޓުވުމަކީ ލާމަރުކަޒީ ނިޒާމާ ވަރަށް ބީރައްޓެހި ނިންމުމެއް ކަމަށް ކައުންސިލުން ބުންޏެވެ. 


އަދި މިކަމުގެ ސަބަބުން ސިޓީ ފެންވަރުގައި ދަރިވަރުންގެ ކުރިއެރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ހިޔަނި އެޅިގެންދާ ކަމަށާއި، މިފަދަ ސިޔާސަތުތަކަށް ބަދަލު ގެނެސް، ރަށު ފެންވަރުގަޔާއި ސިޓީ ފެންވަރުގައި ދަރިވަރުންގެ ކުރިއެރުމަށް ކައުންސިލްތަކާއި ސްކޫލްތައް ގުޅިގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށްވެސް ކައުންސިލުން ބުނެފަވެއެވެ.


ސްކޫލްތަކާއި ޤުރުއާން ކްލާސްތަކަށް އަމާޒުކޮށްގެން އަދި އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ، ރަށުގައި ކީރިތި ޤުރުއާނުގެ ހަމަތަކުގެ މަތިން އުނގެނުމާއި އުނގަންނައިދިނުމުގައި ތަރުތީލްކޮށް ކިޔެވުމުގެ ޤާބިލުކަން އުފެއްދޭނެ ފަދަ ވާދަވެރި މާޙައުލެއް ޤާއިމުކުރުމެވެ.


ހަމައެއާއެކު ރައްޔިތުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމުގެ އިތުރުން، ޤައުމީ ފެންވަރުގައި ކިޔަވާނެ ރަނގަޅު ދަރިވަރުންތަކެއް އުފައްދައި، ކީރިތި ޤުރުއާނުގެ ގިއުގަނޑުގެ ތެރޭގައި ކުދިން ތަރުބިއްޔަތުކުރުމުގެ މުހިންމުކަން ހާމަކުރުމަކީވެސް މި މުބާރާތުގެ މަޤްޞަދެކެވެ.


Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all