News Featured

ގެދޮރުވެރިކަން ނެތުމަކީ ކުޅުދުއްފުށީ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ: މޭޔަރު އާތިފް

Advertisement
ގެދޮރުވެރިކަން ނެތުމަކީ ކުޅުދުއްފުށީ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ: މޭޔަރު އާތިފް
Kulhudhuffushi City Council
ތަފްޞީލް

ކުޅުދުއްފުށީ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަން ނެތުމުގެ މައްސަލަ ކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މޭޔަރު މިހެން ވިދާޅުވީ އެމަނިކުފާނުގެ އަމިއްލަ ފޭސްބުކް އެކައުންޓް މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.


އާތިފް ފާހަގަކުރެއްވި ގޮތުގައި، ނިމިދިޔަ ސަރުކާރުން އިމާރާތްކުރަން ފެށި 400 ހައުސިން ޔުނިޓުގެ މަސައްކަތް ސަރުކާރު ބަދަލުވުމާ އެކު ވަނީ ހުއްޓިފައެވެ. އަދި 1 ސެޕްޓެމްބަރު 2023 ގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުޅުދުއްފުށީގައި އެޅުމަށް ސޮއިކުރި 1000 ހައުސިން ޔުނިޓުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ވެސް އެނގެން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ގޮތުގައި އެޅުމަށް ކަނޑައެޅި   2000ހައުސިން ޔުނިޓުގެ މަސައްކަތަށް ވަގުތީ ކެމްޕޭން ބިންގަލެއް އެޅުމަށްފަހު، އެ މަސައްކަތް ވެސް ކުރިއަށް ނުދާ ކަމަށް މޭޔަރު ވިދާޅުވިއެވެ.


މޭޔަރު އާތިފް ވިދާޅުވި ގޮތުގައި 400 ހައުސިން ޔުނިޓާއި 2000 ހައުސިން ޔުނިޓުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރިތާ މިއަދަށް އެއް އަހަރު ވެފައިވާއިރު، މި ސަރުކާރަށް 1013 ދުވަސް ވެގެން ގޮސްފައިވާ ކަމަށެވެ.

ކުޅުދުއްފުއްޓަށް ވަމުންދާ މިފަދަ އިހުމާލުތައް ހުއްޓާލުމަށާއި، ރަށުގެ ގެދޮރުވެރިކަމުގެ މަޝްރޫއުތައް އަވަސްކޮށްދެއްވުމަށް މޭޔަރު އާތިފް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް