News
Featured
ގދ. ތިނަދޫގައި ފުޅާދާއިރާއެއްގައި ބަނގުރާ އުފައްދައި ވިއްކަމުންދިޔަ ނެޓްވޯކެއްގެ އިސް މީހަކު ހައްޔަރުކޮށްފިއެވެ.

photo: Maldives Police
ތަފްޞީލް
ފުލުހުންގެ އިންޓެލިޖެންސާއި ތިނަދޫ ޕޮލިސް ގުޅިގެން މިދިޔަ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ރިހިކޮކާގެ، ޢުމުރުން 21 އަހަރުގެ މުޙައްމަދު އަފާޒު ބިން ޢަބްދުالله އެވެ.
މި އޮޕަރޭޝަންގެ ތެރެއިން އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ ތިނަދޫ ފްލެޓެއް ބަލައިފާސްކޮށްފައިވާއިރު، އެ ތަނުން ބަނގުރާ އުފެއްދުމަށް ބޭނުންވާ ސާމާނާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 20 ލީޓަރުގެ 3 ހަމުގެ އިތުރުން، އެފަދަ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއެއް ވަނީ ހޯދާފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމަރުކޮށްފައެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
Related Articles
ގުޅުންހުރި ޚަބަރުތައް
ސަރުކާރުގެ ތިންބާރުގައި ހިމެނޭ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލަ ބަލަނީ
Ahmed Naseer Today 1 hours ago 0 0
ރައީސް މުއިއްޒު ޕާކިސްތާނަށް ފުރަމާނަ ދަތުރުފުޅެއް ފައްޓަވައިފި: 10 އަހަރަށްފަހު ވެރިއަކު ކުރައްވާ ފުރަތަމަ ދަތުރު!
Ismail Today 1 hours ago 1 0
ދުނިޔޭގެ ފުރަތަމަ ފަހަރަށް ޔޫކްރޭނުން ބަރު ޑްރޯނެއްގައި ޒަޚަމްވި ސިފައިންގެ މީހަކު އުފުލައިގެން ސަލާމަތްކޮށްފި!
Aminath Raufa Today 1 hours ago 0 0