Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ގައުމުގެ ހައްގުގައި ރައްޔިތުން ނުތެދުވެއްޖެނަމަ ހިތާމަކުރަން ޖެހިދާނެ: ބްރިގޭޑީއަރ ޖެނެރަލް ރިޓަޔަޑް އިބްރާހިމްދީދީ

ގައުމުގެ ހައްގުގައި  ރައްޔިތުން ނުތެދުވެއްޖެނަމަ ހިތާމަކުރަން ޖެހިދާނެ: ބްރިގޭޑީއަރ ޖެނެރަލް ރިޓަޔަޑް އިބްރާހިމްދީދީ
ތަފްޞީލް

ސިޔާސީ ފިކުރު އެއް ފަރާތްކޮށް މިއަދު ގައުމުގެ ހައްގުގައި ނުތެދުވެއްޖެނަމަ ދިވެހި ރައްޔިތުން ފަހުން ހިތާމަ ކުރަންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.


މާލެ ކައިރިން ހިއްކަމުން އަންނަ ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ފަރާތްތަކަށް ހުސްނުވާ 99 އަހަރަށް މިލްކު ކުރެވޭ ގޮތަށް ގާނޫނު އާސާސީއަށް އިސްލާހު ގެނެސް އަދި ރެސިޑެންސް ވިސާ ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ބްރިގޭޑިއާ އިބްރާހިމް ދީދީ ވިދާޅުވީ މިއީ ސިޔާސީ ފިކުރު އެއް ފަރާތްކޮށް ހުރިހާ ދިވެހިން ގައުމުގެ ހައްގުގައި ތެދުވަންޖެހޭ ވަގުތުކަމަށާއި އެހެން ނޫންނަމަ ދިވެހިން ހިތާމަ ކުރަން ޖެހޭނެކަމަށެވެ.


''‏މިއަދު ދިވެހި ޤައުމު، ސިޔާސީ ޕާޓީގެ ފިކުރުން އެއްކިބާވެ ޤައުމާއި ރައްޔިތުން ގެ ޙައްޤުގަ ނުތެދުވެއްޖެނަމަ އަޅުގަނޑުމެން އެންމެން ވަރަށް ދެރަވާންޖެހޭނެ" އިބްރާހިމް ދީދީ ވިދާޅުވިއެވެ.


1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުގެ ރޭ ސްރީލަންކާގެ ތަމަޅައިން ހަތިޔާރާއި އެކު މާލެ އަރައި ސިފައިންގެއަށް ހަމަލާ ދެމުން ދިޔަ ވަގުތު ސިފައިންގެ ބަޑި ގުދަނުގެ ތަޅުދަނޑި އޭރުގެ ސިފައިންގެ ވެރިޔާ، ރައީސް މައުމޫންގެ އަތްޕުޅުން ހޯއްދަވައި އެ ނުރައްކާތެރި ވަގުތުގައި ގައުމަށްޓަކައި ހިތްވަރު ދެއްކެވި އިބްރާހިމް ދީދީ ވިދާޅުވީ މިޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި ޤައުމީ ރައްކާތެރިކަން އަޅުގަނޑުމެނާއި ހަމަޔަށް ވާޞިލްވީ ގިނަބައެއްގެ ލެއާއި ދާ އޮހުރުވައިގެން ކަމަށާއި މިއަދު އަޑު އިވެނީ ގާނޫނު އަސާސީގެ 251 ވަނަ މާއްދާ ބަދަލު ކުރަން އުޅޭ ކަމުގެ އަޑު ކަމަށެވެ.


" ރައްޔިތުންގެ މަޖްލިސް ގެ މެމްބަރުން ކޮންމެ ސަރުކާރެއްގަ ވެސް ބަލަނީ ލިބޭނެ ނަފައަކަށްޓަކާ ދުސްތޫރީ ޒިންމާދޫކޮށް އެވަޤުތަކު އޮންނަ ސަރުކާރެއްގެ ޚާދިމުންގެ ގޮތުގަ ޤައުމަށް ކޮންމެފަދަ ގުރްބާނެއް ކޮށްފަނަމަވެސް ސަރުކާރަށް ގުލާންކުރަން. މިޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި ޤައުމީ ރައްކާތެރިކަން އަޅުގަނޑުމެނާއި ހަމަޔަށް ވާޞިލްވީ ގިނަބައެއްގެ ލެއާއި ދާ އޮހުރުވައިގެން. މިއަދު އަޑުއިވެނީ ޤާނޫން އަސާސީ ގެ 251 ވަނަ މާއްދާ ބަދަލުކޮށްލާ ވާހަކައެވެ.


އަޅުގަނޑު ދިވެހި ރައްޔިތުން ނަށް ގޮވާލަން ޕާޓީ ފިކުރުތަކުން އެއްކިބާވެވަޑައިގެން މިނުބައި ޖަރީމާ ހުއްޓުވަން. ދައުލަތުން ރައްޔިތުންގެ ފައިސާނަގާ ސިޔާސީން އިދިކޮޅަސް އެއްކޮޅަސް ރައްޔިތުންނަށް ވަނީ ހަރާމްކޯރު ! ދިވެހި ޖުމްހޫރިއްޔާގެ ވެރިކަން ފެށިގެން އަންނަނީ ދިވެހި ރައްޔިތުންގެ ކިބައިން. ޤައުމުގެ ރައްކާތެރިކަން ކަށަވަރުކުރަން ރައްޔިތުން ނުކުތުމުން ދެން ބަސްބުނެވޭނެ އެހެން ބައެއް ތިބެގެން ނުވާނެ. 


އަޅުގަނޑުމެންގެ ޤައުމަކީ އިޖްތިމާޢީ ، އިޤްތިޞާދީ އަދި ބިމުގެ ގޮތުން ވެސް ވަރަށް ކުޑަ ޤައުމެއް އެއްބަހުން ވާހަކަދައްކާ އެއްދީނެއްގެ ( މާތްވި އިސްކާމް ދީނުގެ) އަހުލުވެރި އެއް މުޖްތަމަޢް އެއް . މި ޤައުމު ހަލާކުކޮށްލަން ދިވެހިވެހިރައްޔިތުން ތިޔަބޭފުޅުންގެ މަންދޫބުނަށް ފުރުޞަތް ނުދެއްވުމަށް އާދޭހާއި އެކު އިލްތިމާސްކުރަން" އިބްރާހިމް ދީދީ ލިޔުއްވާފައިވެއެވެ.


ރަސްމާލޭގެ ބިމުން 500 ހެކްޓަރުގެ ބިން ހިލޭ 99 އަހަރަށް (ހުސްނުވާ 99އަހަރަށް) ސަރުކާރުން ދިނުމަށް ނިންމާފައިވަނީ ދުބާއީގެ "އީގަލްސް ހިލްސް"އަށެވެ. މި މަޝްރޫއު އާއި ގުޅޭ ގޮތުން ސަރުކާރުން އެކި ފަހަރު ވާހަކަ ދައްކަނީ އެކިގޮތަށެވެ.


Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all