News Featured

ގައްދޫ ކައުންސިލުން ދޭ ހިދުމަތްތަކުގެ މައުލޫމާތު ދިނުމަށް ގއ. އަތޮޅުގެ ތިން ރަށަކަށް ކުރި ދަތުރު ނިންމާލައިފި

Placeholder banner 1Placeholder banner 2Placeholder banner 3
ގައްދޫ ކައުންސިލުން ދޭ ހިދުމަތްތަކުގެ މައުލޫމާތު ދިނުމަށް ގއ. އަތޮޅުގެ ތިން ރަށަކަށް ކުރި ދަތުރު ނިންމާލައިފި
Gadhoo council
ތަފްޞީލް

ގދ. ގައްދޫ ކައުންސިލުން ގއ. އަތޮޅުގެ ތިން ރަށެއްގެ ކައުންސިލްތަކާ ބައްދަލުކުރުމަށްޓަކައި ކުރި ދެ ދުވަހުގެ ރަސްމީ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ދަތުރުގައި ގައްދޫ ކައުންސިލުން ޒިޔާރަތްކޮށްފައިވަނީ ގއ. ކޮނޑޭ، ގއ. ގެމަނަފުށި އަދި ގއ. ކަނޑުހުޅުދޫ އަށެވެ.


ގައްދޫ ކައުންސިލްގެ ރައީސް އިލްހާމް ރަޝީދު ވިދާޅުވީ މި ދަތުރުގެ މައިގަނޑު މަގުސަދަކީ މި މަހުގެ 8 ވަނަ ދުވަހު ގައްދޫގައި ދޭންފެށި ޕާސްޕޯޓުގެ ހިދުމަތް، އާރްޓީއެލް ފެރީ ނިޒާމު މެދުވެރިކޮށް އެއްދުވަހުން ހޯދޭނެ ގޮތްތަކުގެ މައުލޫމާތު އެ ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. މީގެއިތުރުން ގައްދޫ ކައުންސިލުން ދެމުންގެންދާ އައިޑީކާޑު އަދި ޑްރައިވިންގ ލައިސެންސްގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތުވެސް ވަނީ އެ ކައުންސިލްތަކާ ހިއްސާކޮށްފައެވެ.


މި ބައްދަލުވުންތަކުގައި ތިން ރަށުގެ ކައުންސިލްތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް ގުޅިގެން ކުރެވިދާނެ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ގައްދޫ ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.


މި ދަތުރުގައި ގައްދޫ ކައުންސިލްގެ މެންބަރުންގެ އިތުރުން އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމެޓީގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިފަދަ ދަތުރުތަކުގެ ސަބަބުން ކައުންސިލްތަކުން ލިބޭ ހިދުމަތްތައް ހޯދުމަށް ރައްޔިތުންނަށް ފަސޭހަވެ، ކައުންސިލްތަކުގެ މެދުގައި ގުޅުން ބަދަހިވެ އެކުގައި މަސައްކަތްކުރުމަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.

Share this article: Facebook Twitter WhatsApp
Related Articles