News Featured

"ގައްޑާ ބީޗް" 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަނީ

Advertisement
"ގައްޑާ ބީޗް" 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަނީ
ތަފްޞީލް

ހައްދުންމަތީ މާބައިދުއާއި ގުޅިފައިވާ ގޮއިފާލައްބަ ހިންނެއެއް ކަމުގައިވާ ދުރުދަނޑޫގައި ތަރައްޤީ ކުރަން ފަށާފައިވާ "ގައްޑާ ބީޗް" 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ނަގައިގެން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ހައްދުންމަތީ މާބައިދޫ ކައުންސިލް އިދާރާއިން އިއުލާން ކޮށްފިއެވެ.

 

މާބައިދޫ ކައުންސިލުން އިޢުލާން ކޮށްފައިވާ ގޮތުގައި މި ބީޗަކީ އަމިއްލަ ތަކެތީގައި ތަރައްޤީކޮށް އާއްމުންނަށް ޚިދުމަތް ދެވޭނެ ތަނެއް ކަމަށެވެ. އަދި މިތަން ތަރައްޤީ ކުރާ ފަރާތުން މިތަނަށް ބޭނުންވާ ޚިދުމަތްތަކުގެ ތެރޭގައި ކަރަންޓާއި ފެން އަދި ފާޚާނާ ނިޒާމު ޤާއިމް ކުރަންވާނީ އަމިއްލަ ތަކެތީގައި ކަމަށެވެ.

 

ހައްދުންމަތީ މާބައިދޫ ކައުންސިލް އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިތަން ކުއްޔަށް ނަގާފަރާތަކުން އަދި ގައްޑާ ބީޗް ތަރައްޤީ ކުރާއިރު ރައްކާތެރި ކަމުގެ ގޮތުން އަޅާނެ ފިޔަވަޅު ތަކާއި ގޮނޑުދޮށް ސަރަޙައްދުގެ ޤްދުރަތީވެށި ހިމާޔަތްކޮށް ސާފުކޮށް ބަލަހައްޓަން ރާވާ ގޮތަކާއި ސީއެސްއާރުގެ ގޮތުގައި ކޮށްދެން ކަނޑައަޅައި ކަމެއް ޕްރޮޕޯސަލްގައި ހުށަހަޅަން ވާނެކަމަށެވެ.


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް