News Featured

ފުލުހުންގެ ކޮމިއުނިޓީ އެންގޭޖްމަންޓް ހަރަކާތެއް މިއަދު ހަވީރު މާލޭގައި ބާއްވަނީ

Advertisement
ފުލުހުންގެ ކޮމިއުނިޓީ އެންގޭޖްމަންޓް ހަރަކާތެއް މިއަދު ހަވީރު މާލޭގައި ބާއްވަނީ
ތަފްޞީލް

ދިވެހި ފުލުހުންގެ ޚިދުމަތުން "ކޮމިއުނިޓީ އެންގޭޖްމަންޓް" ހަރަކާތެއް މިއަދު ހަވީރު މާލޭގައި ކުރިއަށް ގެންދިއުމަށް އެ ޚިދުމަތުން ނިންމައިފިއެވެ.

 

ފުލުހުން މައުލޫމަތު ދިނުމަށް މީޑިއާ ވަޓްސްއަޕް ގުރޫޕަށް ފޮނުވި މެސެޖްގައި އެ ސަރވިސްއިން ބުނެފައިވަނީ މާލޭގެ އެކި ސަރަޙައްދު ތަކުގައި ފުލުހުންނާއި އާއްމުން ބައްދަލުކޮށް، ގުޅުން ބަދަހި ކުރުމުގެ ޙަރަކާތެއް 2026 ސެޕްޓެމްބަރު 3 ވަނަ ދުވަހު ހަވީރު 4 ން 6އަށް ކުރިއަށް ދާނެ ކަމަށެވެ.

 

ފުލުހުން އާއްމުން ބައްދަލުކޮށް، ގުޅުން ބަދަހި ކުރުމުގެ ޙަރަކާތުގެ ތެރެއިން އޭޑިކޭ ހޮސްޕިޓަލާއި އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތްކުރުމާއި ސްކޫލްތައް ހިމެނޭ ސަރަޙައްދުތަކާއި ޕާކްތަކަށް ނުވަތަ މައިޒާންތަކަށް ޒިޔާރަތްކޮށް އާއްމުންނާއި ބައްދަލު ކުރުން ހިމެނޭ ކަމަށެވެ.

 

ދިވެހި ފުލުހުންގެ ޚިދުމަތުން "ކޮމިއުނިޓީ އެންގޭޖްމަންޓް" ހަރަކާތަކީ ދޭތެރެއަކުން އެސަރވިސްއިން ރަށްރަށާއި މާލޭ ސަރަޙައްދުގައި ކުރިއަށް ގެންދަމުން އަންނަ ޙަރަކާތެވެ. 


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް