News Featured

ފުއްގިރި މައްސަލާގައި ޔާމީންގެ މައްޗަށް ހުކުމް އިއްވުން މިމަހު 29 ގައި

Advertisement
ފުއްގިރި މައްސަލާގައި ޔާމީންގެ މައްޗަށް ހުކުމް އިއްވުން މިމަހު 29 ގައި
ތަފްޞީލް

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައި، މި މަހުގެ 29 ވަނަ ދުވަހު ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުން ތައްޔާރުވެއްޖެއެވެ. 


މި މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހެނދުނު 11:00 ގައި އެވެ.


މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ނިންމާލާފައިވަނީ އިއްޔެ އާއި މިއަދު ބޭއްވި އަޑުއެހުންތަކުގައި މައްސަލައިގައި ހުލާސާ ބަޔާން ހުށަހަޅައި ނިމުމުންނެވެ. އިއްޔެ ދައުލަތުން ހުލާސާ ބަޔާން ހުށަހަޅާފައިވާއިރު، މިއަދު އޮތް އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވާފައިވަނީ ޔާމީންގެ ފަރާތުންނެވެ.


ޔާމީންގެ ވަކީލު ހަމްޒާ ލަތީފު ދެއްވި ހުލާސާ ބަޔާނުގައި ވިދާޅުވީ ފުއްގިރި މައްސަލައިގައި ރައީސް ޔާމީނާ ގުޅުވާލެވޭނެ އެއްވެސް ހަރުދަނާ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ. މި މައްސަލައިގައި ފުރަތަމަ ހަ މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު ނަމަވެސް، އެހެން ހުރިހާ ފަރާތްތަކެއް ސަލާމަތްވެ، މިހާރު ޝަރީއަތް ކުރިއަށްދަނީ ހަމައެކަނި ޔާމީނާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.


ހަމްޒާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް ޔާމީންގެ އެކައުންޓަށް 1.1 މިލިއަން ޑޮލަރު ޖަމާވެފައިވަނީ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސްއަށް 1.5 މިލިއަން ޑޮލަރަށް ރަށް ދޫކުރިތާ ނުވަ މަސް ދުވަސް ފަހުންނެވެ.


އެހާ ގިނަ ދުވަސް ފަހުން ޖަމާވި ފައިސާއަކާއި ކުރިން ހިނގި މުއާމަލާތަކާ ގުޅުވައިލެވޭނެ ހަރުދަނާ ހެކިތަކެއް ހުންނަން ޖެހޭނެ ކަމަށް ހަމްޒާ ވިދާޅުވި އެވެ. އަދި މި މުއާމަލާތަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ހުރިހާ ސިފައެއް ފެންނަން އޮތް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ ސަން ކުންފުނިތަކުގެ މައްޗަށް ކުށް ސާބިތުނުވި ނިންމުން ދައުލަތުން އިސްތިއުނާފު ކޮށްފައި ނުވާ ކަމާއި، ކްރިކް ރިޒާގެ ދައުވާތައް އަނބުރާ ގެނެސް މައްސަލަ ފައިލްކޮށްފައިވަނީ އާދަޔާ ހިލާފު ގޮތަކަށް ކަމަށް ދިފާއުން ބުންޏެވެ.


ހަމަ އެހެންމެ، ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދިން އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ބަޔާންތަކުގައި ފުށުއެރުންތައް ހުރި ކަމަށާއި، އެ މީހުންގެ ބަޔާންތައް ނަގާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ޔާމީންގެ ވަކީލު ފާހަގަކުރެއްވި އެވެ.


މި މައްސަލައިގައި ޔާމީންގެ ފަރާތުން އެދިފައި ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއިން ބަރީއަވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެހެން ނަމަވެސް ދައުލަތުން ވަނީ އެމްއެމްޕީއާރުސީ ހިޔާނާތަކީ ޔާމީންގެ އިރުޝާދަށް ހިންގި ހިޔާނާތެއް ކަމަށް ބުނެ އޭނާގެ މައްޗަށް މި މައްސަލަ ސާބިތުކޮށްދޭން އެދިފަ އެވެ. 


ދައުލަތާއި ސަރުކާރާ މަސްހުނިވެފައިވާ މިދުވަސްވަރުގައި، އެމްއެމްޕީއާރުސީ ޚިޔާނާތަކީ ޔާމީންގެ އިރުޝާދަށް ހިންގި ޚިޔާނާތެއްކަމަށް ( މިވަގުތު ހަމައެކަނި ދައުވާކުރާ ޔާމީންގެ މައްޗަށް)  ކަނޑައަޅައި ދިނުމަށް ސަރުކާރުން އެދުމަކީ ސުވާލުއުފެދޭ ކަމެކެވެ. މި މައްސަލާގައި ސަރުކާރުން ދައުވާކުރި 2 ފަރާތެއްގެ ތެރެއިން އެކެއްގެ މައްސަލަވަނީ އަނބުރާ ގެންގޮސްފައެވެ. އަނެއްފަރާތުގެ މައްސަލަވަނީ ސާބިތު ނުވެފައެވެ. 


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް