ފިއުލް ސަޕްލައި މޯލްޑިވްސްއަށް ތެޔޮބާޖެއް ވިއްކަން ބީލަމުގައި ރަޖިސްޓްރީ ވުމަށާއި ހުށަހެޅުމަށް 6 ދުވަސް
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ޕްރައިވެޓް ލިމިޓެގެ ބޭނުމަށް ތެޔޮ އުފުލާ ބާޖެއް ގަތުމަށް ކުރެވުނު އިއުލާނަށް އެކަށީގެންވާ އަދަދަށް ބައިވެރިން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ އެފްއެސްއެމް އަށް ތެޔޮ އުފުލާ ބާޖު ވިއްކުމަށް ޝައުޤް ވެރިވާ ފަރާތްތަކުން އަލުން ބީލަށް ހުށަހެޅުމަށް އެކުންފުނިން ހުޅުވާލައިފިއެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުޏެއް ކަމަށްވާ ފިއުލް ސަޕްލައިއަށް ބޭނުންވާ ޑިސަލާއި ޕެޓްރޯލް އުފުލުމަށް އެކުންފުނިން ގަންނަ ބޭނުންވަނީ އެއްލައްކަ ލީޓަރާއި ދޮޅުލައްކަ ލީޓަރާއި ދެމެދު އުފުލޭ ވަރުގެ ބާޖެއް ކަމަށާއި ވިއްކުމަށް ހުށަހަޅާ ބާޖް ބަނދެފައިވާތާ 5 އަހަރަށް ވުރެ ގިނަދުވަސް ވެގެން ނުވާނެ ކަމަށްވެސް އެކުންފުނިން ހާމަކޮށްފައި ވެއެވެ.
އެފްއެސްއެމަށް ތެޔޮ އުފުލާ ބާޖެއް ވިއްކުމަށް ޝައުޤްވެރިވާ ފަރާތްތަކުން މި ސެޕްޓެމްބަރު މަހުގެ 23 ގެ 11 ޖެހުމުގެ ކުރިން ރަޖިސްޓްރީ ކުރުމަށް އެކުންފުނިން ވަނީ އެދިފައެވެ. އަދި އެއަށްފަހު ބީލަން ހުށަހެޅުމާއި ހުޅުން އޮންނާނީ މި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ 11 ޖަހާއިރު ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
ފިއުލް ސަޕްލައި މައުލޫމާތު ދެއްވައިގޮތުގައި ބީލަމުގައި ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިއެއް ނުވެވޭނެ އެވެ.
