ފެނަކައިގެ އެމް ޑީގެ މަގާމުން އަފީފު ވަކިކޮށްފި
މި ސަރުކާރުން ފެނަކަ ކޯޕަރޭޝަން ހިންގަން ހަވާލުކުރި ތިންވަނަ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު ޕީސީބީގެ ރައީސް މުޙައްމަދު ނިޒާރު މިއަދު ވިދާޅުވީ، ފެނަކައިގެ އެމްޑީގެ މަގާމުން އަފީފް ވަކިކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަކިކުރީ ވަކި ސަބަބަކާ ގުޅިގެން ނޫންކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ
އަފީފްގެ ކުރިން އެ މަގާމުގައި ހުންނެވީ މުހައްމަދު ނަޖާހު އެވެ. އޭނާ ވަކިކުރީ މި އަހަރު ބޭއްވި އިންތިހާބުތަކުން ސަރުކާރު ބަލިވުމުން ގެނައި ބަދަލުތަކުގެ ތެރޭގަ އެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރެއްވީ ނިމުނު ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަފީފް އައްޔަންކުރީ މި އަހަރުގެ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުގައެވެ. އަފީފަކީ މި ސަރުކާރުން ފެނަކައަށް އައްޔަންކުރި ތިންވަނަ އެމްޑީއެވެ. އެގޮތުން އެންމެ ފުރަތަމަ ފެނަކައަށް އައްޔަންކުރި މުއާޒު މުޙައްމަދު ރަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވުމުން، އެ މަގާމަށް މުޙައްމަދު ނަޖާޙް އައްޔަންކުރީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުގައެވެ.
އަފީފަކީ ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
