ފެނަކަ އެމްޑީ އަފީފު މަޤާމުން ވަކިކުރެއްވީ ސްޓެލްކޯއާ އެއްކޮށްލުމުގެ ޕްލޭނާ ގުޅިގެން!
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރު ކަމުގައި ހުންނެވި މުޙައްމަދު އަފީފު ހުސައިން ކުއްލގޮތަކަށް މަޤާމުން ވަކިކުރެއްވީ، ޔުޓިލިޓީ ދާއިރާ ހިންގުން ހަރުދަނާކުރުމުގެ މަޤުޞަދުގައި ފެނަކަ ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އާ އެއްކޮށްލުމަށް (Merger( ސަރުކާރުން ގެންގުޅޭ ޕްލޭނާ ގުޅިގެން ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ކަށަވަރުކޮށްދީފިއެވެ.
ރާއްޖޭގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ކުންފުނިތަކުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް ސަރުކާރުން އަންނަނީ ސްޓްރެޓީޖިކް މުހިންމު ބަދަލުތަކެއް ގެންދަމުންނެވެ. މި ބަދަލުގެ ދަށުން، ވަކިވަކިން ހިންގަމުން އަންނަ ޔުޓިލިޓީ ކުންފުނިތައް އެއްކޮށްލައި، ހިންގުމުގެ ޚަރަދު ކުޑަކުރުމަކީ މި ސިޔާސަތުގެ މައިގަނޑު އެއް އަމާޒެވެ.
މި ބަދަލާއެކު، ކުރިއަށް އޮތް ތަނުގައި ފެނަކައިގެ މަސްއޫލިއްޔަތުތަކާއި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުވެގެންދާނެ ކަމަށް ބެލެވޭއިރު، މިކަމާ ގުޅޭ އިތުރު ތަފްޞީލުތައް ކަމާބެހޭ އިދާރާތަކުން ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރަމުންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.
