ފަރުމަސް އާލާކުރުމުގެ ތަމްރީނުގައި ބައިވެރިވާން ހުޅުވާލައިފި



މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން، ވޯލްޑް ބޭންކްގެ އެހީގައި ފަށާފައިވާ ޓްރާންސްފޯމް ޕްރޮޖެކްޓާ ގުޅިގެން ހިންގާ ފަރުމަސް އާލާ ކުރުމުގެ ޕްރޮގްރާމް ގައި ބައިވެރި ވުމަށް ހުޅުވާލައިފިއެވެ.
މިއީ ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ތަމްރީނާއި މައުލޫމާތު އުގަންނައިދީ އެދާއިރާއިން މީހުން ބިނާކުރުމަށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމް ތަކެކެވެ.
މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ކުރިއަށްގެންދާ މި ކޯސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޯބަރު 10 ން 21 އަށެވެ. މިފަހަރު ހުޅުވާލި މިތަމްރީނު ޕްރޮގްރާމް ގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ 15 ބައިވެރިންނެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިމަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ ރަސްމީ ގަޑި ބަންދުވުމުގެ ކުރިން ފޯމު ފުރިހަމަކޮށް މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް info@mmri.gov.mv ފޯމު ހުށަހެޅުމަށް ވަނީ އެދިފައެވެ.