Health Featured

އޭޑީކޭ ހޮސްޕިޓަލުން މެޑިކަލް ޓޫރިޒަމާއި ކެންސަރު ބަލީގެ ފަރުވާގެ ޚިދުމަތް ފަށަނީ

Placeholder banner 1Placeholder banner 2Placeholder banner 3
އޭޑީކޭ ހޮސްޕިޓަލުން މެޑިކަލް ޓޫރިޒަމާއި ކެންސަރު ބަލީގެ ފަރުވާގެ ޚިދުމަތް ފަށަނީ
ތަފްޞީލް

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓް ބޭނުންކޮށްގެން ކުރާ އޮޕަރޭޝަންތައް ރަސްމީކޮށް އިންތިތާޙް ކޮށްފިއެވެ. އޭޑީކޭ ހޮސްޕިޓަލުން ރާއްޖޭގައި ފުރަތަމަ ރޮބަޓް ބޭނުން ކަކުލު ހުޅު ބަދަލުކުރުމުގެ ދެ އޮޕަރޭޝަނެއް 2026 ސެޕްޓެމްބަރު 6 ވަނަ ދުވަހު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައިވެއެވެ.

މި ތާރީޚީ ކާމިޔާބު ފާހަގަ ކުރުމަށް 2026 ސެޕްޓެމްބަރު 6 ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އޭޑީކޭ ހޮސްޕިޓަލްގެ ފައުންޑަރ އަދި ޗެއަމަން އަޙްމަދު ނާޝިދު ވިދާޅުވީ ރޮބަޓް ބޭނުންކޮށްގެން މެޑިކަލް ސާޖަރީތައް ކުރަން ފެށުމަކީ އޭޑީކޭ ހޮސްޕިޓަލުގެ އަމާޒު ނިމޭ ހިސާބު ނޫން ކަމަށާއި އެއީ އެ ހޮސްޕިޓަލުން މެޑިކަލް ޓޫރިޒަމަށް ކުރާ ދަތުރުގެ ފެށުމެއް ކަމަށެވެ. އަދި ސިއްޙީ ޚިދުމަތްތައް ތަރައްޤީ ކުރުމަށް އިންވެސްޓް ކުރަމުންދަނީ އޭޑީކޭ ހޮސްޕިޓަލުގެ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކަމަށާއި، ދިވެހިން ޚާއްޞަ ފަރުވާ ހޯދުމަށް ތަކުރާރުކޮށް އެހެން ޤައުމުތަކަށް ދާން ނުޖެހޭގޮތަށް، ޒަމާނީ ފަހުގެ ފަރުވާ ރާއްޖެއިން ލިބޭނޭގޮތް ހެދުމަށް އަބަދުވެސް އިސްކަމެއްދީ އެމަސައްކަތް ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.

 

ޗެއަމަން ނާޝީދު ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުން އެންމެ އިސްކަމެއް ދީގެން މިހާރު ތަރައްޤީ ކުރަމުންދާ އެއް ދާއިރާއަކީ ކެންސަރު ބަލީގެ އޮންކޮލޮޖީ ފަރުވާ ކުރިއެރުވުން ކަމަށެވެ. އަދި ދައުލަތުގެ އެންސްޕާގެ ބަޖެޓުގެ %20 ޚަރަދުވަނީ ކެންސަރު ބަލީގެ ފަރުވާއަށް މީހުން ރާއްޖެއިން ބޭރަށް ފޮނުވަން ކަމަށާއި އެހެންކަމާއެކު ރަނގަޅު ފަރުވާ ރާއްޖެއިން ލިބުމުގެ މުހިއްމުކަން ނާޝިދު ފާހަގަ ކުރެއްވިއެވެ.

"މިހާރު ވާނީ ހެލްތު މިނިސްޓްރީއަށާއި އިކޮނޮމިކް ކައުންސިލަށް ޕްރޮޕޯސަލެއް ހުށަހަޅާފައި. އެފަދަ ޚިދުމަތެއް ފެށުމަށް އިންވެސްޓްކުރުމަށް ތައްޔާރަށް އޮތް ވާހަކަ. އަޅުގަނޑުމެން މިވަނީ ބޭނުންވާ ހުރިހާ ތައްޔާރީތަކެއްވެ، ބަޖެޓުވެސް ކަނޑައަޅާފައި. އިރާދަކުރެއްވިއްޔާ، ސަރުކާރުގެ އެއްބާރުލުމާއެކު އަޅުގަނޑުމެން މި މަސައްކަތް ފަށާނަން" އޭޑީކޭ ހޮސްޕިޓަލްގެ ޗެއާމަން ނާޝިދު ވިދާޅުވިއެވެ. 


Share this article: Facebook Twitter WhatsApp
Related Articles