News Featured

އޭ ލެވެލް ނިންމި ދަރިވަރުންނަށް މެލޭޝިއާގެ ޔުނިވަރސިޓީތައް ބަލާލުމުގެ ޚާއްޞަ 'ސްޓަޑީ ޓުއަރ' އެއް ޒެޑެކްސް އިން ހުޅުވާލައިފި!

Advertisement
އޭ ލެވެލް ނިންމި ދަރިވަރުންނަށް މެލޭޝިއާގެ ޔުނިވަރސިޓީތައް ބަލާލުމުގެ ޚާއްޞަ 'ސްޓަޑީ ޓުއަރ' އެއް ޒެޑެކްސް އިން ހުޅުވާލައިފި!
Edition mv
ތަފްޞީލް

މާލެ — އޭ ލެވެލް އިމްތިޙާނު ނިންމާލުމަށްފަހު މަތީ ތަޢުލީމަށް ތައްޔާރުވަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން، މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާއި ކޭމްޕަސްތައް އަމިއްލައަށް ބަލައި ތަޖުރިބާކޮށްލުމުގެ ޚާއްޞަ ފުރުޞަތެއް ޒެޑެކްސް އެޑިއުކޭޝަން ހުޅުވާލައިފިއެވެ. މި 'ސްޓަޑީ ޓުއަރ' އަކީ މަތީ ތަޢުލީމު ހާސިލުކުރާނެ ކޯހަކާއި ޔުނިވަރސިޓީއެއް އިޚްތިޔާރުކުރުމުގެ ކުރިން ދަރިވަރުންނަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކާއި ތަޖުރިބާ ފޯރުކޮށްދިނުމަށް ރޭވިފައިވާ ދަތުރެކެވެ.


މެލޭޝިއާގެ ނަންބޯޑު އަމިއްލަ އަދި ސަރުކާރު ޔުނިވަރސިޓީތަކަށް ޒިޔާރަތްކޮށް ކިޔަވައިދޭ މާޙައުލު ބަލާލުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެން ދެޔެވެ. ޔުނިވަރސިޓީތަކުގެ ލެކްޗަރަރއިންނާއި އެޑްމިޝަން އޮފިސަރުންނާ ބައްދަލުކޮށް، ކޯސްތަކާއި ސްކޮލަރޝިޕް ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ސާފުކުރަން ލިބިގެންދާނެއެވެ. މެލޭޝިއާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކޮށް، އެ ރަށުގައި ތިބުމާއި ދިރިއުޅުމުގެ ޚަރަދުތަކާ ބެހޭ ތަޖުރިބާ ހިއްސާކުރަން ލިބިގެން ދާނެއެވެ.


ޒެޑެކްސް އިން މަޢުލޫމާތު ދޭ ގޮތުގައި، މިއީ އޭ ލެވެލް ނިންމި ދަރިވަރުންގެ މުސްތަޤްބަލުގެ ތަޢުލީމީ ރޭވުންތައް ސަރީޙަކޮށް، ރަނގަޅު ނިންމުމެއް ނިންމުމަށް ލިބިގެންދާނެ އަގުހުރި ފުރުޞަތެކެވެ. މި ޓުއާގައި ބައިވެރިވުމަށް ޝައުޤުވެރިވާ ދަރިވަރުންނަށް ޒެޑެކްސްގެ އޮފީސް މެދުވެރިކޮށް ނުވަތަ އެޖެންސީގެ އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް