News Featured

އެމެރިކާގެ ހިންދޫ ފައްޅިއަކަށް ބޮޑު ޙަމަލާއެއް ދޭން ރޭވި ޒުވާނަކު ހައްޔަރުކޮށްފި:

Advertisement
އެމެރިކާގެ ހިންދޫ ފައްޅިއަކަށް ބޮޑު ޙަމަލާއެއް ދޭން ރޭވި  ޒުވާނަކު ހައްޔަރުކޮށްފި:
photo: The times of india
ތަފްޞީލް

އެމެރިކާގެ އިލިނޯއީ ސްޓޭޓުގެ ޝިކާގޯގެ ސަބަރބެއް ކަމަށްވާ ޕެލަޓައިންގައި އުޅޭ 19 އަހަރުގެ އެލެކްސެންޑްރޯސް ޕަޕޮރާކިސް (Alexandros Paporakis) ނަމަކަށް ކިޔާ ޒުވާނަކު، ހިންދޫ ފައްޅިއަކަށް އަމާޒުކޮށް ބޮޑު މާސް ޝޫޓިންއެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އެމެރިކާގެ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންނާއި ޕްރޮސެކިއުޓަރުން ކޯޓަށް ހުށަހެޅި މައުލޫމާތުތަކަށް ބަލާއިރު، ޕަޕޮރާކިސް އަކީ ނަސްލީ އިމްތިޔާޒާއި ނިއޯ-ނާޒީ ފިކުރުތަކަށް ތާއީދުކުރާ، އަދި ނަސްލީ ގޮތުން ނަފުރަތު އުފެއްދުމަށް ވަކާލާތުކުރާ މީހެކެވެ. އޭނާ ވަނީ "Why I Fought: A.K.A. (Aurora Shooter’s Manifesto)" ގެ ނަމުގައި 8 ގޯސްޓް މެނިފެސްޓޯއެއް އެކުލަވާލައި، އިންޑިއާ ދަރިކޮޅުގެ މީހުންނާއި، ޔަހޫދީން އަދި ކަޅުނަސްލުގެ މީހުންނަށް އަމާޒުކޮށް ބޮޑެތި ޙަމަލާތަކެއް ދިނުމަށް ރާވާފައިވާކަން ހާމަކޮށްފައެވެ.

ޙަމަލާ ނާކާމިޔާބުވީ ބަަންދުކުރި ހަތިޔާރު ސީދާ ނުވުމުން

ކޯޓު ރެކޯޑްތަކުން އެނގޭ ގޮތުގައި، އޭނާ މަސައްކަތްކުރި ތަނުގެ އެކުވެރިއަކަށް އޭނާ ވަނީ މެސެޖުކޮށް، އިންޑިއާ ދަރިކޮޅުގެ މީހުން މަރާލަން "ކެތްމަދުވެފައިވާ" ކަމަށް ބުނެފައެވެ. އަދި ވޭތުވެދިޔަ އާދީއްތަ ދުވަހު (11 އޮކްޓޯބަރު) އޮރޯރާ ސިޓީގައި ހުންނަ ހިންދޫ ފައްޅިއަކަށް އަމާޒުކޮށް ޙަމަލާދޭން އުޅުނު ނަމަވެސް، އޭނާ ބޭނުންކުރި "ގޯސްޓް ގަން" (ސީރިއަލް ނަންބަރު ނެތް އޭއާރު-ސްޓައިލް ރައިފަލް) ތެރޭގައި ވަޒަން ތިއްކި (ޖޭމްވި) ކަމަށް އެކުވެރިޔާއަށް މެސެޖުކޮށްފައިވެއެވެ.

އެކުވެރިޔާއަށް މި މެސެޖުތަކާއި، ބޮޑެތި ހަތިޔާރުތަކާއި ސައިކަލް/ޓެކްޓިކަލް ގިއަރުގެ ފޮޓޯތައް ލިބުމާއެކު ވަގުތުން ފުލުހުންނަށް އެންގުމުން، ޕެލަޓައިން ފުލުހުން ވަނީ އާދީއްތަ ދުވަހުގެ ހަވީރު އޭނާ ބަންދުކޮށްފައެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް