Politics Featured

އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރު ވިއްކާނަމަ ޖޫރިމަނާ ކުރާގޮތަށް ޤާނޫނަށް ބަދަލު ގެންނަން ކޮމިޓީން ފާސްކޮށްފި.

Placeholder banner 3Placeholder banner 1Placeholder banner 2
އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރު ވިއްކާނަމަ ޖޫރިމަނާ ކުރާގޮތަށް ޤާނޫނަށް ބަދަލު ގެންނަން ކޮމިޓީން ފާސްކޮށްފި.
ތަފްޞީލް

ރާއްޖޭގައި އެމެރިކާ ޑޮލަރު ވިއްކުމަށް މޯލްޑިވްސް މަނިޓަރީން އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑުކޮށް އެމެރިކާ ޑޮލަރު ވިއްކާނަމަ އެވިއްކާ ފަރާތެއް ޖޫރިނަމާ ކުރެވޭ ގޮތަށް ބޭރުފައިސާ އާއިބެހޭ ޤާނޫނަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު (19 އޮގަސްޓް) ފާސްކޮށްފިއެވެ.

 

ރައްޔިތުންގެ މަޖިލީހަށް ނިމިދިޔަ ހަފްތާގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ގޮތަކީ ރާއްޖޭގެ ރިސޯޓަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 އެމެރިކާ ޑޮލަރު މާރު ކުރާގޮތަށް މިސަރުކާރުގެ ފަރާތުން މީގެ ކުރިން ހުށަހަޅާ، ފާސްކޮށް އަދި ޢަމަލު ކުރަމުންދާ ޤާނޫނު ބަދަލުކޮށް، ބޮލަކަށް 500 އެމެރިކާ ޑޮލަރު ރޭޓުން މާރުކުރުމަށް އޮތް އިޙްތިޔާރު އުވާލައި، ރިސޯޓަށް ލިބޭ ޖުމްލަ އާމްދަނީގެ %20 އެމްއެމްއޭ އަށް މާރުކުރަން މަޖުރޫ ކަމެއް ކަމަށެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތި ކޮމިޓީން ބިލަށް ގެންނަން ބޭނުންވާ ބަދަލުތައް ފާސްކޮށްފައިވާއިރު އެންމެ ފާހަގަ ކުރެވޭ އެއް ބަދަލަކީ އެމްއެމްއޭ އިން އެމެރިކާ ޑޮލަރު މާރު ކުރުމަށް ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑުކޮށް މާރު ކުރާނަމަ 1 މިލިއަން ރުފިޔާ އާއި ހިސާބަށް ޖޫރިމަނާ ކުރެވޭ ގޮތަށް ގެނެސްފައިވާ ބަދަލެވެ.

 

ސަރުކާރުގެ ފަރާތުން ޤާނޫނަށް މި ބަދަލު ގެނައުމަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު އެވެ. 


Share this article: Facebook Twitter WhatsApp
Related Articles