News Featured

އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭ ގޮތުން މަޝްވަރާކޮށްފި.

Placeholder banner 2Placeholder banner 3Placeholder banner 1
އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭ ގޮތުން މަޝްވަރާކޮށްފި.
ތަފްޞީލް

ހުޅުމާލެގައި ހިނގާ އެކްސިޓެންޑްތައް މަދު ކުރުމަށް ކުރެވިދާނެ ކަންކަމާބެހޭ ގޮތުން ހުޅުމާލެ ޕޮލިސް ސްޓޭޝަން އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އާއި ދެމެދު މަޝްވަރާ ކޮށްފިއެވެ.


ފުލުހުން ހާމަކޮށްފައިވާ ގޮތުގައި 2026 އޯގަސްޓް 30 ވަނަ ދުވަހު އެޗްޑީސީއާއި އެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި މަޝްވަރާކޮށް، އާއްމުކޮށް އެކްސިޑެންޓްތައް ހިނގާ ކަމަށް ފާހަގަ ކުރެވޭ ސަރަޙައްދު ތަކާއި ސްޕީޑް ބާރުކޮށް ދުއްވާ ސަރަހައްދުތުގެ މައުލޫމާތު ދެފަރާތުގެ ބަދަލު ކުރުން ހިމެނެއެވެ. އަދި އެކިސަރައްދު ތަކުގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލާ މަޝްވަރާ ކުރެވިގެން ދިޔަކަމަށެވެ.

 

މިގޮތުން ކުރިއަށް ގެންދެވުނު މަޝްވަރާ ބައްދަލުވުމުގައި އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި މައިގަނޑު 3 ދާއިރާއަކުން މަސައްކަތް ކުރުމަށް މަޝްވާކުރެވުނެވެ. އެގޮތުން އިންޖިނިއަރިންގ ނުވަތަ ޑިވެލޮޕްމަންޓް ޑިޒައިން، އެންފޯސްމަންޓް ނުވަތަ ތަންފީޒު ކުރުން އަދި މައުލުމާތާއި ހޭލުންތެރިކަން ކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރެވިގެން ދިޔަކަމަށް ފުލުހުން މައުލުމާތު ދެއްވިއެވެ.

 

އެޗްޑީސީއާއި އެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި މަގު ހުރަސްކުރުމަށް ފާހަގަ ކޮށްފައިވާ ކަފިހިހުރަސްތަކުގައި ޕެޑެސްޓްރިއަން ލައިޓް ހަރުކުރުމާއި، މަގުތަކުގެ ކަންމަތި ތަކާއި، ކަފިހިހުރަސް އަދި ދުވާރުމަތީގައި ވެހިކަލް ޕާކުކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވިގެން ދިޔަ ކަމަށް ހުޅުމާލެ ފުލުހުން މައުލޫމަތު ދެއްވައެވެ. އަދި ހުޅުމާލޭގެ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުކޮށް ގަވާއިދާ ހިލާފުވެ ބާރަށް އުޅަނދު ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން އަވަސްކުރުމާއި ރައުންޑްއެބައުޓްތަކާއި ކަފިހިހުރަސްތަކުގެ ސަރަހައްދުތަކުގެ ބެލެހެއްޓުން ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކާމެދު މަޝްވަރާކުރެވުނު ކަމަށްވެސް ހުޅުމާލެ ފުލުހުން މައުލޫމާތު ދެއްވިއެވެ. 


Share this article: Facebook Twitter WhatsApp
Related Articles