Politics Featured

އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނަށް ގެނައި އިސްލާޙަކީ ހަމައެކަނި ސިޓީ ކައުންސިލަށް ލިބެމުންއައި އާމްދަނީ ހުއްޓުވާލުން - ޑރ. ޝަމްހީދު

Advertisement
އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނަށް ގެނައި އިސްލާޙަކީ ހަމައެކަނި ސިޓީ ކައުންސިލަށް ލިބެމުންއައި އާމްދަނީ ހުއްޓުވާލުން - ޑރ. ޝަމްހީދު
Photo: Social Media
ތަފްޞީލް

އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނަށް ގެނައި އިސްލާޙަކީ ހަމައެކަނި މާލޭ ސިޓީ ކައުންސިލަށް ލިބެމުންއައި އާމްދަނީ ހުއްޓުވާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. ޝަމްހީދު ވިދާޅުވެއްޖެއެވެ. 


ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. ޝަމްހީދު ވިދާޅުވީ މިގެނައި ބަދަލުގެ ސަބަބުންވެސް އަސްލު މައްސަލަތަކަށް އެއްވެސް ހައްލެ ނުލިބޭ ކަމަށެވެ. އަދި އެއްވެސް ހައްލެއް މި ޤާނޫނުގައި ބަޔާން ކޮށްފައި ނެތް ކަމަށެވެ. މިޤާނޫނުން ފެންނަން އޮތް ހަމައެކަނި އޮތް ކަމަކީ ހަމައެކަނި ބޮޑު ޖޫރިމަނާ ކުރުން ކަމަަށެވެ. 


މިއަދު ފާސްކުރި ޤާނޫނުގެ ސަބަބުން މަލޭ ސިޓީކައުންސިލްއަށް ލިބެމުން ދިޔަ 120 މިލިއަން ްައަށްވުރެ ގިނަ ރުފިޔާ 3 އަހަރުގެ މުއްދަތަށް ސަރުކާރުން އުފައްދާ ކުންފުންޏަކަށް ދިނުމަށް ވަނީ ޤާނޫނު ގައި ބަޔާން ކޮށްފައެވެ. 


ސަރުކާރުގެ ފަރާތުން ޓްރާންސްޕޯޓްގެ ޤާނޫނަށް ބަހުސްކޮށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށްފަހު ބިލް މަޖިލިސް ތަޅުމަށް ފާސް ކުރަން ގެނައިއިރު ސަރުކާރުން ހުށަހެޅި އިސްލާޙްގެ ތެރެއަށް ބާބެއް އިތުރުކޮށް ސިޓީ ކައުންސިލަށް ވެހިކަލްތަކުން ލިބެމުން އައި ފީ 3 އަހަރު ވަންދެން ސިޓީ ކައުންސިލްއަށް ނުލިބޭގޮތަށް ވަނީ އިސްލާހް ކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ކޮމޮޓީން އިތުރުކުރި ބާބު ހިމެނޭ ގޮތަށެވެ. 


މި ބިލަށް ވާހަކަ ދައްކަވަމުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. ޝަމްހީދު ޢަހްމަދު ވިދާޅުވީ ގާނޫނަށް އިތުރުކޮށްފައިވާ 8 ވަނަ ބާބަކީ ކަންބޮޑުވާން ޖެހޭ ބާބެއް ކަމަށެވެ. މިބާބު އިތުރު ކުރުމަކީ ހައުސިންގ މިނިސްޓަރ ޑރ. މުއްޠަލިބު ވިދާޅުވި ގޮތަށް ސިޓީ ކައުންސިލަށް ލިބެމުން އައި ފައިސާ ނުލިބޭގޮތް ހެދުން ކަމަށެވެ. 


ޝަމްހީދު ފާހަގަ ކުރެއްވި ގޮތުގައި ލާމަރުކަޒީ ޤާނޫނުން ލިބުނު އެއް ކުރިއެރުމަކީ ކޮންމެ ރަަށެއްގެ ނުވަތަ ސިޓީއެއްގައި ދުއްވާ ވެހިކަލްތަކުން އެރަށަަށް ނުވަތަ ސިޓީއަކަށް ރަޖިސްޓްރޭޝަން ފީތައް ލިބުން ދިއުން ކަމަށެވެ. ނަމަވެސް އަވަސް އަރުވާލައިގެން މިގެނައި އިސްލާހުގެ ސަބަބުން ވެހިލްތަކަށް ދައްކާ ހުރިހާ ފީއެއް އެހެން ތަނަކަށް ޖަމާވަމުން ދާނެއެވެ. އަދި މިއީ ލާމަރުކަޒީ ޤަަނޫނު އެއްކޮށް ފުނޑާލުން ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ. 


ޤާނޫނަށް މިގެނައި ބަދަލާއެކު ސިޓީ ކައުންސިލަށް ލިބެމުންދިޔަ އާމްދަނީގެ ބޮޑުބައެއް އުނިވެގެން ދާނެއެވެ.

Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް