Sports Featured

އެފްއޭއެމްގެ އޮފީސްތަކެއް 4 ސަރަހައްދެއްގައި ޤާއިމް ކުރަނީ

Advertisement
އެފްއޭއެމްގެ އޮފީސްތަކެއް 4 ސަރަހައްދެއްގައި ޤާއިމް ކުރަނީ
Photo: Social Media
ތަފްޞީލް

ފްޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ސަރަހައްދީ އޮފީސްތަކެއް ޤާއިމް ކުރުމަށް އެ އެސޯސިއޭޝަނުން ނިންމައިފިއެވެ. 


އެފްއޭއެމް އިން ނެރުނު ބަޔާނުގައިވާ ގޮތުން އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ރީޖަނަލް އޮފީސްތައް ޤާއިމް ކުރާ ރަށްތައް ވަނީ ކަނޑައަޅާފައެވެ. މިގޮތުން އުތުރު ސަރަޙައްދީ އޮފީސް ހއ. ދިއްދޫގައި، މެދު ސަރަޙައްދީ އޮފީސް އދ. މަހިނބަދޫގައި، މާލޭ ސަރަޙައްދުގެ އޮފީސް މާލޭގައި، ދެކުނު ރީޖަންގެ އޮފީސް ލ. ގަމުގައި ޤާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ. 


އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީންވަނީ ބ. އޭދަފުށީގައި އެފްއޭއެމްގެ ޑިވެލޮޕްމަންޓް އޮފީހެއް ޤާއިމް ކުރުމަށްވެސް ނިންމާފައެވެ. 


ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނުގައި އަލަށް ގެނައި ބަދަލުގައި ކުޅިވަރު އެސޯސިއޭޝަންގެ ދައުރު ފުޅާކޮށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަރަޙައްދީ އޮފީސް ޤާއިމް ކުރަންޖެހޭނެ ކަމަށް ވަނީ ބަޔާން ކޮށްފައެވެ.

Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް