News Featured

ދިވެހިރާއްޖޭގައި ބިނާ ކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުން އަންނަ މަހު - ވަޒީރު ޝަހީމް

Placeholder banner 3Placeholder banner 1Placeholder banner 2
ދިވެހިރާއްޖޭގައި ބިނާ ކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުން އަންނަ މަހު -  ވަޒީރު ޝަހީމް
ފޮޓޯ: ވަޒީރު އެކްސް އެކައުންޓް
ތަފްޞީލް

ދިވެހިރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތް ބިނާކުރުމުގެ މަސައްކަތް އަންނަ މަހު ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.

 

ވަޒީރު ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ހުޅުމާލެ (ހުޅުމާލެ ފޭސް3 ސަރަޙަދުގައި) ބޮޑު މިސްކިތް ވެގެންދާނީ ދިވެހިރާއްޖެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީޚާއި ފަރުމާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރަމްޒު ކޮށްދޭނެ ބިނާއެއް ކަމުގައެވެ. އަދި މިމިސްކިތް ވެގެންދާނީ އީމާން ކަމާއި ޢިލްމާއި ވަޙްދަތު ފަތުރައިދޭ މުހިއްމު މަރުކަޒަކަމަށް ކަމަށްވެސް ވަޒީރު ޝަހީމް ފާހަގަ ކުރެއްވިއެވެ.



 

ވަޒީރު ފާހަގަ ކުރެއްވިގޮތުގައި އެ މިސްކިތް ވެގެންދާނީ ދިވެހިރާއްޖޭގައި 900 އަހަރުވީ އިސްލާމީ ތާރީޚާއި ޢިމާން ތެރިކަމާއި ޢިލްމާއި ޚިދުމަތް އަންނަން އޮތް ޖީލުތަކަށް ވާޞިލްކޮށްދޭ ރަތިކައަކަށް ކަމަށެވެ.  

 

ހުޅުމާލެ ބޮޑު މިސްކިތް ބިނާކުރުމަށް ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މި މިސްކިތުގެ ބިންގާ އެޅުމަށް ބާއްވާ ހަފްލާގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުމަށް އިވެންޓް މެނޭޖްކޮށްދޭނެ ބަޔަކު ހޯދުމަށްވެސް ވުޒާރާގެ ފަރާތުން މިހާރު ވަނީ އިޢުލާން ކޮށްފައެވެ.

 

ހުޅުމާލޭ ބޮޑު މިސްކިތާއި ގުޅޭ ބައެއް މަޢުލޫމާތު

·        އެއްފަހަރާ 10 ހާސް މީހުންނަށް ނަމާދު ކުރެވޭހާ ޖާގަ ބޮޑު

·        މިސްކިތުގައި ޤްރުއާން އާއިބެހޭ މިއުޒިއަމެއް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައި

·        މިސްކިތް އެޅުމަށް ފައިސާ ހޯދުމަށް ސަޢުދިއަރަބިއްޔާ ކުންފުންޏަކާއެކު އިސްލާމީ ވުޒާރާއިން ވަނީ ސޮއިކޮށްފައި

·        މިސްކިތް އެޅުމަށް ބޭނުންވާ ބިން އެޗްޑީސީން ވަނީ ވުޒާރާ އާއި ހަވާލު ކޮށްފައި 


Share this article: Facebook Twitter WhatsApp
Related Articles