Politics Featured

ދިވެހިރާއްޖެއިން އިނގިރޭސީ ސަފީރަކަށް ޖަމީލާ އަލީ

Placeholder banner 2Placeholder banner 3Placeholder banner 1
ދިވެހިރާއްޖެއިން އިނގިރޭސީ ސަފީރަކަށް ޖަމީލާ އަލީ
ތަފްޞީލް

ދިވެހިރާއްޖެއިން އިނގިރޭސި ވިލާތުގެ ސަފީރަކަށް ޖަމީލާ އަލީ (މާލެ، ހ. ވައިޓްޑައިމަންޑް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަމަދު މުޢިއްޒު އައްޔަން ކުރައްވައިފިއެވެ. ޖަމީލާ ޢަލީއަށް ސަފިރު ކަމުގެ ފަތްކޮޅު އެރުންވުން އޮތީ 2026 އޯގަސްޓް 31 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގ އޮފީހުގައެވެ.

 

ދިވެހިރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅާ ސަފީރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ޖަމީލާ ޢަލީގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވީ މި އޮގަސްޓް މަހުގެ 16 ވަނަ ދުވަހުއެވެ. އަދި މިހުށަހެޅުން ދިރާސާކުރުމަށްފަހު ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީންވަނީ ޖަމީލާގެ ޝަރުތު ހަމަވާކަމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ ޖަމީލާ އެ މަގާމަށް އައްޔަން ކުރުމަށެވެ.

 

ޖަމީލާ އަކީ ކުރީގެ ރައީސް ޢަބަދުﷲ ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު ދިވެހިރާއްޖެއިން ޖަރުމަނު ވިލާތުގައި ހުންނަވާ ސަފީރު ކަމުގެ މަޤާމުވެސް އަދާކުރައްވާފައިވާ ފަރާތެކެވެ.


ޖަމީލާ ޢަލީ އަދާކުރައްވާފައިވާ މުހިއްމު އެހެން ވަޒީފާ ތަކުގެ ތެރޭގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމާއި އަމިއްނީއްޔާ ސްކޫލްގެ ޕްރިންސިޕަލް ކަމާއި ޓީވީ މޯލްޑިވްސްގެ ޕާޓްޓައިމް އެނައުންސަރުކަން ހިމެނެއެވެ. 


Share this article: Facebook Twitter WhatsApp
Related Articles