News Featured

ދިރާގު މާލްޑިވްސް ރޯޑް ރޭސް 2026 ވޯލްޑް އެތުލެޓިކްސްގެ 'ރޭންކިންގ ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ކަނޑައަޅައިފި!

Advertisement
ދިރާގު މާލްޑިވްސް ރޯޑް ރޭސް 2026 ވޯލްޑް އެތުލެޓިކްސްގެ 'ރޭންކިންގ ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ކަނޑައަޅައިފި!
Edition. mv
ތަފްޞީލް

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ މަޤްބޫލު ދުވުމުގެ ހަރަކާތް ކަމަށްވާ ދިރާގު މާލްޑިވްސް ރޯޑް ރޭސް (DMRR) 2026 އަކީ ދުނިޔޭގެ އެތުލެޓިކްސް މައި އިދާރާ (World Athletics) ގަބޫލުކުރާ 'ރޭންކިންގ ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅައިފިއެވެ.

މި ނިންމުމާއެކު، މިއަހަރުގެ ރޯޑް ރޭސް ވެގެންދާނީ ދިވެހި އަދި ބައިނަލްއަޤްވާމީ ދުވުންތެރިންނަށް އެ ފަރާތްތަކުގެ ދުވުމުގެ ވަގުތުތައް (Timings) ދުނިޔޭގެ ރޭންކިންގ އަށް ގުނުމުގެ ފުރުޞަތު ލިބިގެންދާނެ ތާރީޚީ މުބާރާތަކަށެވެ.


ދިރާގު ރޯޑް ރޭހުގެ ރޫޓަކީ އޭއައިއެމްއެސް އިން ސެޓިފައިކޮށްފައިވާ،އޭއައިއެމްއެސް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ރޫޓެކެވެ. މުބާރާތުގައި ވާދަކުރާ އެތުލީޓުންގެ ނަތީޖާ ދުނިޔޭގެ އެތުލެޓިކްސް ރޭންކިންގ އަށް އެޑްވޭންސްވުމަށް މަގުފަހިވާނެއެވެ. މި އަހަރުގެ ދިރާގު ރޯޑް ރޭސް އޮންނާނީ 2026 ނޮވެމްބަރު 20 ވާ ހުކުރު ދުވަހު ހުޅުމާލޭގައެވެ.


ދިރާގުން ބުނެފައިވަނީ މިއީ ރާއްޖޭގެ އެތުލެޓިކްސް ދާއިރާ ކުރިއެރުވުމަށާއި، ދިވެހި ދުވުންތެރިން ބައިނަލްއަޤްވާމީ ފެންވަރަށް ގެންދިއުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން ކޮންމެ އަހަރަކުވެސް މި ދުވުމުން ލިބޭ އާމްދަނީގެ ބައެއް ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް ހަދިޔާކުރެވެ.





Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް