ބޭރުގެ ކޮންޓްރެކްޓަރުން %10 ޓެކްސް ދައްކަން ޖެހޭގޮތަށް ބަދަލުކޮށްފި

Placeholder banner 1Placeholder banner 2Placeholder banner 3
ބޭރުގެ ކޮންޓްރެކްޓަރުން %10 ޓެކްސް ދައްކަން ޖެހޭގޮތަށް ބަދަލުކޮށްފި
Photo: Social Media
ތަފްޞީލް

ޤާނޫނު ނަންބަރު 2019/25 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) އަށް ގެނައި 2 ވަނަ ބަދަލު، ރައީސުލްޖުމްހޫރިއްޔާ 2026 އޯގަސްޓް 31 ވަނަ ދުވަހު ތަސްދީޤުކުރައްވައިފިއެވެ.

 

ބަދަލާއި ބެހޭ ބައެއް މައުލޫމާތު:

 

-         މި ބަދަލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 2026 އޯގަސްޓް 23 ވަނަ ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 27 ވަނަ ޖަލްސާއިން

-         ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ދައްކާ ފައިސާގެ ޖުމްލައިން ވިތްހޯލްޑިންގ ޓެކުހުގެ ގޮތުގައި ކުރިން އޮނިކޮށްފައިވާ %5 ބަދަލުކޮށް %10 އަށް އިޢާދަކުރުން

-         ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރުންނަކީ ކޮބައިކަން މާނަ ކޮށްދިނުން


އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް 2 ވަނަ ބަދަލު، ތަސްދީޤުކުރައްވާ ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެއްވުމާއެކު، މި ބަދަލަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.


Share this article: Facebook Twitter WhatsApp
Related Articles