އެންމެ ގިނަ މީހުން އެއްވަގުތެއްގައި ސްނޯކްލިންގ (ފީނައިގެން) ގެންގޮސްގެން ދިވެހިރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފިއެވެ.
ބީއެމްއެލް އިން މައުލޫމާތު ދެއްވި ގޮތުގައި ތިމާވެށި ހިމާޔަތް ކުރުމަކީ އެންމެން ގުޅިގެން ކުރަންޖެހޭނެ ކަމެއް ކަމަށާއި ރާއްޖެގެ ދިރިއުޅުމާއި އިޤްތިޞާދު އެކަމެއްގެ މަތީގައި އެންމެ ބޮޑަށް ބަރޯސާވެފައިވާ ކަމަކީ ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމުގެ މައްޗަށެވެ. އެހެންކަމުން އެކަމުގެ މުހިމުކަން ހާމަކޮށްދިނުމާއި ޤައުމީ މަސައްކަތުގައި މުޖުތަމަޢު އާއި ފަރުދުން ޢަމަލީ ގޮތުން ބައިވެރިވުމަކީ މިޙަރަކާތް ހިންގުމުގެ އެންމެ ބޮޑު އެއް މަޤްޞަދު ކަމުގައެވެ.
ދިވެހި ބޭންކް، ބީއެމްއެލް އިން ވޯލްޑްރެކޯޑް ފޮތުން ޖާގަ ހޯދާފައިވަނީ ކަނޑުފަޅުގެ ދިރުންތައް ހިމާޔަތް ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް، ނިވަ ކުރުނބާ މޯލްޑިވްސްގެ ފަޅުތެރޭގައި 314 މީހުން ބައިވެރިކޮށްގެން ބޭއްވި ފީނުމުގެ ޙަރަކާތް ކާމިޔާބު ކޮށްގެންނެވެ. ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދުމަށް ހިންގި މިހަރަކާތުގައި ބީއެމްއެލްގެ މުވައްޒަފުންނާއި ނިވަ ކުރުނބާ މޯލްޑިވްސްގެ މުވައްޒަފުންނާއި އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރުމުން ދިޔަ ފަތުރުވެރިން ވަނީ ބައިވެރިވެފައެވެ.
މިހަރަކާތައްފަހު ގިނިސް ވޯލްޑް ރެކޯޑުގެ ފަރާތުން، އެފަރާތުގެ ރަސްމީ ސެޓްފިކެޓް ހަވާލުކުރުން ނިވަ ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ގެންގޮސްފައިވެއެވެ.
