News Featured

ބައްދަލު ވުމަށް ހަފްތާއެއް ނުވަނީސް ނިންމުން ބަދަލު ކުރުމަކީ ކަންބޮޑު ވާކަމެއް – މަޓީ

Advertisement
ބައްދަލު ވުމަށް ހަފްތާއެއް ނުވަނީސް ނިންމުން ބަދަލު ކުރުމަކީ ކަންބޮޑު ވާކަމެއް – މަޓީ
Photo Social Media
ތަފްޞީލް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) އާއިއެކު ބައްދަލު ކުރިތާ ހަފްތާއެއް ނުވަނީސް، ކުރިން ނިންމާފައިވާ ނިންމުމެއް ހަފްތާއެއް ނުވަނީސް ބަދަލު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެ ޖަމުއްޔާއިން ހާމަކޮށްފިއެވެ.

 

މަޓީން ނެރުނު ބަޔާނުގައި ވަނީ ޑޮލަރު މާރުކުމުގެ ކަންތަކާއި ގުޅިގެން މަރުކަޒީ ބޭންކްގެ ގަވަރުނަރު މަޓީ އާއިއެކު ބައްދަލު ވުމެއް މިމަހު ބޭއްވި ކަމަށެވެ. އެ ބައްދަލުވުމުގައި ރިސޯޓަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަންޖެހޭ އުސޫލު އުވާލައި އޭގެ ބަދަލުގައި އާމްދަނީގެ %20 މާރުކުރަން ޖެހޭ ގޮތަށް ބަދަލުކުރަން އެމްއެމްއޭން ހުށަހެޅި ކަމަށެވެ.

 

އެ ޖަމުއިއްޔާއިން ފާހަގަ ކޮށްފައިވާ ގޮތުގައި އެ ބައްދަލުވުމުގައިވެސް %20 ން %40 އަށް މާރުކުރަން ޖެހޭ ގޮތް ބަދަލު ކުރަން މަޝްވަރާއެއް ހޯދާފައި ނުވާކަމަށެވެ. އަދި އެ ޖަމުއިއްޔާގެ ސްޓޭންޑަކީ މަރުކަޒީ ބޭންކަށް މާރު ކުރަންޖެހޭ މިންވަރު އާމްދަނީގެ %10 އަށްވުރެ ބޮޑު ނުވާނެ ގޮތެއް ހަމަޖެއްސުން ކަމަށެވެ.

 

މަޓީން ފާހަގަ ކޮށްފައިވާ ގޮތުގައި ދިވެހިރާއްޖެއަށް އެންމެ ގިނަ އިންވެސްޓްކޮށް، އެންމެ ބޮޑު އާމްދަނީއެއް ހޯދައިދީ އިޤްތިޞާދަށް ބޭރުފައިސާ އެންމެ ގިނައިން މާރުކުރާ ބަޔަކީ މިވަގު އެޖަމުއިއްޔާގެ މެންބަރުން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދާއި ބޭރުފައިސާގެ ކަންކަމުގައި ސަރުކާރާއެކު އަބަދުވެސް ހެޔޮނިޔަތުގައި މަސައްކަތް ކޮށްފައިވާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.

 

އެ ޖަމުއިއްޔިން ހާމަކޮށްފައިވާ ގޮތުގައި އޮޕަރޭޓަރުންތަކެއްގެ މައްސަލައެއް ތަހުގީގުކުރަމުން ދިއުމަކީ، މުޅި ސިނާއަތަށް އޭގެ އަސަރުކުރާނެ ހަރުކަށި ސިޔާސަތެއް ތަންފީޒުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ކަޅު ބާޒާރަށް އޮތް ޕްރެޝަރުގެ ޒިންމާ ހަމައެކަނި ރިސޯޓުތަކުގެ ބޮލުގައި އެޅުވުމަކީ ވެސް ރަނގަޅު އަދި އިންސާފުވެރި ގޮތެއް ނޫން ކަމަށްވެސް ވަނީ ފާހަގަ ކޮށްފައެވެ.

 

މަޓީން ފާހަގަ ކޮށްފައިވާ ގޮތުގައި ދެމެހެއްޓެނިވި ހަޤީޤަތްތަކުގެ މައްޗަށް ބިނާވެފައިވާ އިންސާފުވެރި ހައްލެއް ހޯދައި ދިނުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާކުރަން އަބަދުވެސް މަޓީން ތައްޔާރަށް އޮތް ކަމަށެވެ. 


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް