News Featured

އަންނަ ރަމަޟާން މަހުގެ ކުރިން ރާއްޖޭގެ އެކި ރަށްތަކުގައި 14 އާ މިސްކިތް ހުޅުވަނީ!

Advertisement
އަންނަ ރަމަޟާން މަހުގެ ކުރިން ރާއްޖޭގެ އެކި ރަށްތަކުގައި 14 އާ މިސްކިތް ހުޅުވަނީ!
The President's Office
ތަފްޞީލް
Maldivian Minister of Islamic Affairs, Dr. Mohamed Shaheem Ali Saeed

އަންނަ ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅަމުންދާ މިސްކިތްތަކުގެ ތެރެއިން 14 މިސްކިތެއްގެ މަސައްކަތް މުޅިން ނިންމާ ހުޅުވުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ.


އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިސްކިތްތައް ބިނާކުރުމުގެ މަޝްރޫއުތައް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ބާރު މިނެއްގައި ދަނީ ކުރިއަށެވެ. މީގެ ތެރެއިން ބައެއް ރަށްތަކުގެ މިސްކިތްތަކުގެ އަމަލީ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ. އަދި އަނެއްބައި ރަށްތަކުގައި މިހާރު ކުރިއަށްދަނީ އިމާރާތްތަކުގެ ފިނިޝިން މަސައްކަތްތަކެވެ.


މި ފަހަރު ހުޅުވުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ހުޅުމާލޭގައި މިހާރު ހުރި ވަގުތީ މިސްކިތްތަކުގެ ބަދަލުގައި ދާއިމީ 3 މިސްކިތެއް ރަމަޟާން މަހުގެ ކުރިން ހުޅުވުމަށް ކުރަމުންދާ މަސައްކަތްތަކެވެ. މީގެ އިތުރުން، އާ މިސްކިތްތައް ހުޅުވުމުގެ އިތުރުން، މިހާރު ހުރި މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ބޮޑު މަޝްރޫއެއްވެސް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް