News Featured

އާއްމުކޮށް ބޭނުން ކުރާ ފޯނާއި ކޮންޕިއުޓަރު އެޕްލިކޭޝަންތައް ސަބްސްކްރިޕްޝަން ދައްކަންވެސް ޑޮލަރެއް ނުލިބޭ

Advertisement
އާއްމުކޮށް ބޭނުން ކުރާ ފޯނާއި ކޮންޕިއުޓަރު އެޕްލިކޭޝަންތައް ސަބްސްކްރިޕްޝަން ދައްކަންވެސް ޑޮލަރެއް ނުލިބޭ
Photo Social Media
ތަފްޞީލް

އާއްމުކޮށް ބޭނުން ކުރާ ފޯން ކޮންޕިއުޓަރ އެޕްލިކޭޝަންތައް ސަބްސްކްރިޕްޝަން ދައްކަންވެސް ޑޮލަރެއް ނުލިބޭ ކަމުގެ ޝަކުވާތައް އިތުރުވާން ފަށައިފިއެވެ. މިގޮތުން އިންޓަނެޓްން ބޭނުން ކުރާ ބައެއް ވެބްސައިޓް ތަކާއި ބައެއް އެޕްލިކޭޝަން ތަކަކީ ފައިސާ ދައްކާއިގެން ބޭނުން ކުރާ ވަޞީލަތް ތަކެއް ކަމުން މަހުން މަހަށް ނުވަތަ އަހަރުން އަހަރަށް ދައްކަންޖޭ ފައިސާ ދެއްކުމަށް ޑޮލަރު ނުލިބުމުގެ ޝަކުވާތައް އިންތިހާއަށް ވަނީ ބޮޑުވެފައެވެ.


ދިވެހިރާއްޖޭގެ ސަރުކާރުގެ މިމަހު އާއްމު ކުރި ސިޔާސަތުގެ ސަބަބުން މިހާރު ކަޅު ބާޒާރުންވެސް ބޮޑުއަގުގައިވެސް ޑޮލަރު ލިބުން މުޅިހެން ހުއްޓުމަކަށް ވަނީ އައިސްފައެވެ. އާއްމުކޮށް ކަޅު ބާޒާރުންވެސް ޑޮލަރު ނުލިބުމުގެ ޝަކުތައް މިހާރު ކުރަމުންދަނީ ވިޔަފާރި ކުރާ ފަރާތްތައް އެކަންޏެއް ނޫނެވެ. އާއްމު ވަކިވަކި ފަރުދުންވެސް ދަނީ މިޝަކުވާތައް އިންތިހާއަށް ކުރަމުންނެވެ. އާއްމު ބައެއް ވަކިވަކި ފަރުދުން ނަކީވެސް ޑޮލަރުން ބައެއް ފަހަރު މުޢާމަލާތް ކުރަން ޖެހިފައިވާ ފަރާތްތަކެވެ.

 

ނަމަވެސް އެމްއޭއިން އެންމެ ފަހު މިމަހު ހާމަކޮށްފައިވާ ގޮތުގައިވެސް މިއަހަރު ދިވެހިރާއްޖެއައި ފަތުރުވެރިން މިއަހަރުގެ މިހާތަނަށް %3.8 ދަށްވި ކަމުގައިވިއަސް ފަތުރުވެރިކަމުން ލިބުނު އާމްދަނީ މިދިޔަށް އަހަރުގެ މި މުއްދަތަށްވުރެ އިތުރުވެފައިވާ ކަމަށެވެ.


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް