50 ޕްލާސްޓިކު ކޮތަޅަށްވުރެ ގިނައިން ގަންނަނަމަ ކޮތަޅުން ނަގަމުން އައި 2 ރުފިޔާ ނެގުން ހުއްޓާލުމަށް މަޖިލީހުން ފާސްކޮށްފި.

Advertisement
50 ޕްލާސްޓިކު ކޮތަޅަށްވުރެ ގިނައިން ގަންނަނަމަ ކޮތަޅުން ނަގަމުން އައި 2 ރުފިޔާ ނެގުން ހުއްޓާލުމަށް މަޖިލީހުން ފާސްކޮށްފި.
ތަފްޞީލް

ކުނިމެނޭޖް ކުރުމުގެ ޤާނޫނަށް ސަރުކަރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާޙް ތަކުގެ ތެރެއިން އެއް އިސްލާހުގައިވަނީ 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮޓަޅު ބޮނޑިއަކުން 2 ރުފިޔާ ނެގުން ހުއްޓާލުމަށެވެ. މި އިސްލާޙް މިގޮތަށް ފާސްވުމުން 50 ކޮތަޅަށްވުރެ ގިނައިން ކޮތަޅު ހޯސްލޭސް ކުރާއިރު 2 ރުފިޔާ ނެގުން ޤާނޫނީ ގޮތުން ނިމުމަކަށް އަންނާނެއެވެ.

މި އިސްލާހު މިގޮތަށް ފާސްވުމުން ދައުލަތަށް ލިބޭ އާމްދަނީ ދައްވާނެ ކަމަށްވެސް ވަނީ މި ބިލުގައި ހިމަނާފައެވެ. ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ޕީއެންސީއަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް ޝިފާޒެވެ.

2025 ވަނަ އަހަރު ޕްލާސްޓިކު ކޮތަޅުން ލިބުނު އާމްދަނީގެ ގޮތުގައި ގާތްގަޑަކަށް 6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. 


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް