News Featured

426 ބިދޭސީން ޗެކްކޮށް 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

Advertisement
426 ބިދޭސީން ޗެކްކޮށް 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
Photo Immigration
ތަފްޞީލް

ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މަސައްކަތް ކުރަނީ ޤާވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރަނގަޅު ވޯޕްޕާމިޓް އޮވެގެންތޯ ބެލުމަށް ކަމާގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2026 ސެޕްޓެމްބަރު 4 ވަނަ ދުވަހު ވަނީ 426 ބިދޭސީން ބަލާފާސްކޮށް، ޤަވާއިދާއި ޚިލާފުވެފައިވާ 13 ބިދޭސީއަކު ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

 

އިމިގްރޭޝަނުން ފުލުހުންނާއި އަދި ހޯމް މިނިސްޓްރީ ގުޅިގެން ހިންގި މިޙަރަކާތުގައި މާލޭގެ ބައެއް ސަރަޙައްދު ތަކުގައި އުޅޭ ބިދޭސީން ވަނީ ބަލާފާސް ކޮށްފައެވެ. މީގެ އިތުރުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގައިވެސް އިމިގްރޭޝަނުން ހިންގި ޙަރަކާތެއްގައި ހުޅުމާލޭގެ ރަށު މާރުކޭޓް މަސައްކަތްކުރާ 55 ބިދޭސީއެއް ބަލާފާސްކޮށް ޤާވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 20 ބިދޭސީއަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

 

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށް ގެންދާ ޙަރަކާތުގެ ދަށުން 2 ލައްކަ އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައި ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއްވައެވެ.

 


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް