News Featured

3 މިނިސްޓްރީ އަނދާ ހުލިވުން، ރައީސް ޔާމީނުގެ ތުހުމަތު ރައީސް މުއިއްޒުގެ އަރިސް މީހަކަށް، ސުވާލު ކުރުމަށް ރައީސް ޔާމީނު ފުލުހަށް

Placeholder banner 3Placeholder banner 1Placeholder banner 2
3 މިނިސްޓްރީ އަނދާ ހުލިވުން، ރައީސް ޔާމީނުގެ ތުހުމަތު ރައީސް މުއިއްޒުގެ އަރިސް މީހަކަށް، ސުވާލު ކުރުމަށް ރައީސް ޔާމީނު ފުލުހަށް
Photo: Raajjemv
ތަފްޞީލް

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 3 މިނިސްޓްރީ ހުރި ޢިމާރާތްތައް (މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމެން އެންޑް އެނަރޖީ) އާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަދި މާލޭ ސިޓީކައުންސިލް އިދާރާގެ ބައެއް މަސައްކަތް ހިންގަމުން އައި ތަންތަން އަނދައި ހުލިވެގެން ދިޔަ ހާދިސާއާއި ގުޅިގެން އެތަން ރޯކޮށްލީ ކާކުކަން ފުލުހުންނަށް އިނގޭނެ ކަމަށާއި ފުލުހުންގެ އަތުގައި އެ މައުލޫމާތު އެބަހުރި ކަމަށެވެ. އަދި އެއީ ރައީސް މުޢިއްޒު އާއި ކިހާ ގާތް މީހެއްކަންވެސް އިނގޭ ކަމަށާއި ފިޔަވަޅު އަޅަން ބޭނުން ނުވަނީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

 

ރައީސް ޔާމީނު މިހެން ވިދާޅުވުމާއި ގުޅިގެން ރައީސް ޔާމީނު ދިވެހި ފުލުހުންގެ ޚިދުމަތަށް ރައީސް ޔާމީނު ހާޒިރުކޮށް، ސުވާލުކޮށް ތަޙްޤީޤް ހިންގައި ދިނުމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ވަނީ އެދިވަޑައިގެންފައެވެ.

 

ވަޒީރު އިޙްސާން ކުރެއްވި ސޯޝަލް މީޑިއާގެ ޕޯސްޓްގައިވަނީ "ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އަންދައިގެން ގޮސްފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންނާއި އެކުވެރި ޤައުމުތަކުގެ މިފަދަ ކަންކަން ތަހުޤީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދިފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެންކަމަށް، އަދި އެއްވެސް މީހަކަށް މިމައްސަލާގައި ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާކަމަށް ފުލުހުންވަނީ އަޅުގަނޑަށް މައުލޫމާތު ދެއްވާފައި" ކަމަށެވެ.

 

ނަމަވެސް 5 ސެޕްޓެމްބަރ 2026 ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ދައްކަވާފައިވާ ވާހަކަފުޅުގައި އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހާވެސް ފުލުހުންނަށް އެނގޭކަމަށް މުތުލަގުކޮށް ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން މިމައްސަލާގައި އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރައްވައި، ތަހުޤީގުގައި އިތުރަށް ބައްލަވަންޖެހޭ ކަމެއްހުރިނަމަ އެކަން ބެއްލެވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ދަންނަވާފައި ވާނޭ ކަމަށް ވަޒީރު ވިދާޅުވެފައި ވެއެވެ. "ހަމަ އެއާއެކު ދިވެހި ފުލުހުންގެ މައްޗަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތުހުމަތު ތަހުޤީގުކޮށް ދެއްވުމަށްއެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް ދަންނަވާފައި" ވާނޭ ކަމަށްވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

 

ސަރުކާރު ހިންގުމަށް އައި ބައެއް ބަދަލުތަކާއި ގުޅިގެން އަނދާ ހުލިވެގެން ދިޔަ އިމާރާތްތަކުއިވާ ބައެއް އިދާރާތަކާއި އޮފީސްތަކުގެ ނަން ބަދަލުވުމާއި އެތަންތަނުން ކުރަމުން އައި މަސައްކަތް އެހެން ތަންތަނަށް ބަދަލުވުމާއި ބައެއް ބައެއް ތަންތަން މިހާރު ވަނީ އުވާލާފައިއެވެ. މިހާދިސާގައި މި 3 އިމާރާތުގައި ހުރިހު ހުރިހާ ތަކެއްޗެހެން ވަނީ އަނދާއިގެން ގޮސްފައިއެވެ. އަދި ސާވަރ ތަކާއި ކޮންޕިއުޓަރުތައްވެސް އަނދައިގެން ދިއުމުގެ ސަބަބުން ބޮޑު ޢަދަދެއްގެ ޑިޖިޓަލް ޓާޑާތައްވެސް ނެތިގެން ގޮސްފައިވާ ކަމަށް ވެއެވެ. 


Share this article: Facebook Twitter WhatsApp
Related Articles