News Featured

2.4 ބިލިއަން ރުފިޔާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ފީގެ ގޮތުގައި ލިބިއްޖެ.

Placeholder banner 3Placeholder banner 1Placeholder banner 2
2.4 ބިލިއަން ރުފިޔާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ފީގެ ގޮތުގައި ލިބިއްޖެ.
ތަފްޞީލް

ރާއްޖޭގެ އެއަރޕޯޓްތަކުން ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކުގެ އަތުން ނަގަމުންދާ އަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ފީގެ ގޮތުގައި މިއަހަހަރުގެ ފާއިރުވި 7 މަސްދުވަހު 2.4 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

 

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއީ މިދިޔައަހަރު އެމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 14.4 ޕަސެންޓްގެ ކުރިއެރުމެކެވެ. އެއީ މިދދިޔަ އަހަރު އެ މުދަތުގައި ލިބިފައިވަނީ 2.1 ބިލިއަން ރުފިޔާ ކަމަށް މީރާގެ ހިސާބުތަކުން ދައްކައެވެ.

 

2026 ވަނަ އަހަރުގެ ޖެނުއަރީން ޖުލައިގެ ނިޔަލަށް:

·        ޑިޕާޗާ ފީ: 1.2 ބިލިއަން ރުފިޔާ (2025ގެ މި މުއްދަތުގައި 1 ބިލިއަން ރުފިޔާ) މިއީ 14.5% ގެ އިތުރު ވުމެކެވެ.  

·        އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ: 1.2 ބިލިއަން ރުފިޔާ (2025ގެ މި މުއްދަތުގައި 1 ބިލިއަން ރުފިޔާ) މިއީ 14.4% ގެ އިތުރު ވުމެކެވެ.  

 

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން 2 ބާވަތެއްގެ ފީއެއް ދަނީ ނަގަމުންނެވެ. އެއީ ޑިޕާޗަރ ފީ އާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އެވެ.

 

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗަރ ފީ އާއި ގުޅޭ އިތުރު މައުމާތު


ފީ ނަގަން ފެށުން:

·        އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ނަގަން ފަށާފައިވަނީ 1 މެއި 2017 ވަނަ އަހަރުން ފެށިގެން.

·        ޑިޕާޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 1 ޖަނަވަރީ 2022 އިން ފެށިގެން. (ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް)

 

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީން އިސްތިސްނާވާ ފަރާތްތައް:

·        ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތައް

·        ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުން

 

ޑިޕާޗާ ޓެކްސްން އިސްތިސްނާވާ ފަރާތްތައް:

·        ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތައް

·        ޓްރާންސިޓް ފަސިންޖަރުން

·        އުމުން 2 އަހަރު ފުރިހަމަ ނުވާ ކުޑަކުދިން

 



Share this article: Facebook Twitter WhatsApp
Related Articles