News Featured

2023 ވަނަ އަހަރު ބޭއްވި އެންމެ ބައްދަލުވުމަކަށް 2 މިލިއަން ރުފިޔާ – މޭޔަރ އާޒިމް

Placeholder banner 3Placeholder banner 1Placeholder banner 2
2023 ވަނަ އަހަރު ބޭއްވި އެންމެ ބައްދަލުވުމަކަށް 2 މިލިއަން ރުފިޔާ – މޭޔަރ އާޒިމް
ތަފްޞީލް

މާލޭ ސިޓީ ކައުންސިލުން ބާއްވަމުން އަންނަ ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް 2023 ވަނަ އަހަރު 2 މިލިއަމް ރުފިޔާ އަށްވުރެ މަތިން ޚަރަދު ކޮށްފައިވާ ކަމަށް މާލޭ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާދަމް އާޒިމް މިހެން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ރައްޔިތުނާ ބައްދަލު ކުރުމަށް ބޭއްވި ހަފްލާއަށް ބޮޑު ޚަރަދެއް ކޮށްފައިވާ ކަމަށް ބުނެ ބައެއް އޮންލައިން ނޫސް ތަކާއި ސޯޝަލް މީޑިއާގައި ޙަޤީޤަތާއި ޚިލާފު ވާހަކަ ފަތުރަމުންދާ ކަމަށް ބުނެ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

 

މާލޭ މޭޔަރ އާޒިމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ޚަރަދު ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މިހާރު ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށެވެ. އެގޮތުން 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހާއި ޖުލައި މަހު މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ރައްޔިތުންނާއި ބައްދަލު ކުރުމަށް ބޭއްވި 2 ހަފްލާވެސް 2023 ވަނަ އަހަރު ބޭއްވި އެންމެ ބައްދަލު ވުމެއްގެ ޚަރަދަށްވުރެ ކުޑަކުރެވިފައިވާ ކަމަށެވެ.  

މާލޭ ސިޓީ ކައުންސިލުން ރައްޔިތުންނާއި ބައްދަލު ކުރުމަށް ބޭއްވި ހަފްލާ:

2023 ވަނަ އަހަރު: 2،050،520 ރުފިޔާ

2026 ފެބްރުއަރީ: 567،839.34 ރުފިޔާ

2026 ޖުލައި: 585،137.34 ރުފިޔާ

 

މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް އެދިލެއްވީ ޙަޤީޤަތާއި ޚިލާފު ދޮގު މަޢުލޫމާތު ނުފެތުރުމަށާއި އަދި ޚަބަރު ފެތުރުމުގައި ޒިންމާދާރުވެ މަޢުލޫމާތުގެ ޞައްކަން ކަށަވަރު ކުރުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސް ކުރާ ކަމަށް އާޒިމް ވިދާޅުވިއެވެ.  


Share this article: Facebook Twitter WhatsApp
Related Articles