Latest News
އެންމެ ފަހުގެ ޚަބަރު
631 articles
ތެލުގެ ދަތިކަމާ ގުޅިގެން ބާލީގައި އޮއްޑް-އީވެން އުޞޫލުން ތެޔޮ ދޫކުރަން ފަށައިފި!
އިންޑޮނޭޝިޔާގެ ބާލީ ސަރުކާރާއި އެޤައުމުގެ އެނާޖީ ކުންފުނި "ޕެރްތަމީނާ" (Pertamina) ގުޅިގެން، ބާލީގެ ޕެޓްރޯލް ޝެޑްތަކުން ތެޔޮ ދޫކުރުމުގައި އުޅަނދުފަހަރުގެ ނަންބަރު ބޯޑަށް ބަލައިގެން ތެޔޮ ދޫކުރާ އޮއްޑް-އީވެން ރޭޝަނިންގ ސިސްޓަމެއް 17 އޮކްޓޯބަރު 2026 ގައި ވަނީ އަމަލީގޮތުން ހިންގަން ފަށާފައެވެ.
ފަގީރުކަން ނައްތާލުމުގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރުން: "އެންމެންނަށް ރައްކާތެރި ބޯހިޔާވަހިކަމެއް" ފޯރުކޮށްދިނުމަށް އދ. އިން ގޮވާލައިފި!
ފަގީރުކަން ނައްތާލުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ވަރުގަދަކުރުމުގެ ގޮތުން، އދ. އިން އިސްނަގައިގެން ފާހަގަކުރާ "ފަގީރުކަން ނައްތާލުމުގެ ބައިނަލްއަޤްވާމީ ދުވަސް" މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ފާހަގަކުރަމުންނެވެ.
އާރްޑީސީގެ އެމްޑީ ނަޒީމް މަގާމުން ވަކިކޮށް، ކުންފުނި ހިންގުން އެމްޓީސީސީގެ އެމްޑީއާ ހަވާލުކޮށްފި...
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ނަޒީމް އެ މަގާމުން ވަކިކުރައްވައި، އާރްޑީސީ ވަގުތީގޮތުން ހިންގުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސުޢޫދީއާ ހަވާލުކޮށްފިއެވެ.
އެމްއައިބީ ގޭސްޓްހައުސް ސިމްޕޯޒިއަމް އަދި އެވޯޑްސް 2026 ކާމިޔާބުކަމާއެކު ބާއްވައިފި!
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމްކޮށްގެން ބާއްވާ "ގޭސްޓްހައުސް ސިމްޕޯޒިއަމް" ގެ ތިންވަނަ އެޑިޝަން 15 އޮކްޓޯބަރު 2026 ގައި ބާސެލޯ ނަސަންދުރާ ހޮޓެލްގައި ވަނީ ކުރިއަށް ގޮސްފައެވެ.
މިއަހަރުގެ ސިމްޕޯޒިއަމް ފާހަގަކުރެވިގެންދިޔައީ ކުރީ އަހަރުތަކާ ޚިލާފަށް ސިމްޕޯޒިއަމްގެ އިތުރުން "އެމްއައިބީ ގޭސްޓްހައުސް އެވޯޑްސް" ވެސް އެއް ހަފްލާއެއްގެ ތެރޭގައި އެކުއެކީގައި ބޭއްވި ފުރަތަމަ ފަހަރުގެ ގޮތުގައެވެ.
އެފްއޭއެމްގެ ފުރިހަމަ މެންބަރުކަން ދިއްދޫ އަދި ގައްދޫ ކްލަބަށް ދޭން އިއްތިފާގުން ފާސްކޮށްފި!
ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ މެންބަރު ކްލަބްތަކުގެ އިއްތިފާގުން، ހއ. ދިއްދޫ ސްޕޯޓްސް ކްލަބާއި ގދ. ގައްދޫ ރެކްރިއޭޝަން ކްލަބަށް އެފްއޭއެމްގެ ފުރިހަމަ މެންބަރުކަން ދިނުމަށް ނިންމައިފިއެވެ.
އުމުރުން 35 އަހަރުން ފެށިގެން ހަށިގަނޑުގެ ބާރާއި ވަރުދެރަވާން ފަށަނީ؟ ސައިންސްވެރިންގެ އާ ހޯދުމަކުން ސިއްސައިގެންގޮސްފި!
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ގަބޫލުކުރަނީ ހަށިގަނޑުގެ ބާރާއި، މަސްތަކުގެ ވަރުގަދަކަން ދެރަވާން ފަށާނީ އުމުރުން 50 ނުވަތަ 60 އާއި ދިމާލަށް ދިއުމުން ކަމަށެވެ. ނަމަވެސް، އެންމެ ފަހުގެ ސައިންސީ ދިރާސާތަކުން މިވަނީ މުޅި ދުނިޔެ ސިއްސައިގެންދާފަދަ ބޮޑު ހަގީގަތެއް ހާމަކޮށްފައެވެ.
މާލޭގެ 14 ބިމެއް ސަރުކާރަށް ނެގި މައްސަލައިގައި ޤާނޫނީ ސުވާލު އުފައްދައި ސިޓީ ކައުންސިލުން ސުޕްރީމް ކޯޓަށް ދާން ނިންމައިފި
މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާޞްގެ ދަށުގައި ހުރި މުހިންމު 14 ބިމެއް ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް މިނިސްޓްރީ އޮފް އިިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ނިންމި ނިންމުމަކީ ލާމަރުކަޒީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
ކުޅުދުއްފުށީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް؛ ދެ މީހަކަށް ސީރިއަސް އަނިޔާތަކެއްވެ، ކުޑަކުއްޖަކަށްވެސް އަނިޔާވެއްޖެ!
ހދ. ކުޅުދުއްފުށީ އަމީނީ މަގުގައި ދުއްވާފައި ދިޔަ ދެ ސައިކަލެއް އެކަކު އަނެކަކު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
އެމެރިކާގެ އޮރެގަންގެ ޕްރައިމަރީ ސްކޫލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި ކުޑަކުދިންތަކަކާއެކު 5 މީހުން މަރުވެއްޖެ!
އެމެރިކާގެ އޮރެގަން ސްޓޭޓްގެ ބެންޑް ސިޓީގައި ހުންނަ ސިލްވާ ރެއިލް އެލިމެންޓްރީ ސްކޫލަށް 16 އަހަރުގެ ފިރިހެން ކުއްޖަކު ވަދެ ދިން ނުރައްކާތެރި ބަޑީގެ ހަމަލާތަކެއްގައި 4 މީހަކު މަރުވެ، އިތުރު ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
ނަތީޖާއެއްނެތް ސިޓީއަކުން ބަޔަކު މުއްސަނދިވަނީ؛ މާނައެއްނެތް ޕޮލިސީއަކުން ނިކަމެތި ރައްޔިތުން އިތުރަށް ނިކަމެތި!
މާލޭގެ ތޮއްޖެހިފައިވާ މަގުތަކުގައި އުޅަނދުތައް ގިނަވުމުގެ އިތުރުން، ގަރާޖު ސިޓީގެ ބޭކާރު އުސޫލުގެ ސަބަބުން އާންމު ރައްޔިތުންގެ ޖީބުތަކަށް ވަނީ ނުކުޅަދާނަ ބުރައެއް މަތިވެފައެވެ. އެއްވެސް ސަރުކާރަކަށް މިކަން ހައްލު ނުކުރެވިގެން އުޅެނީ ކީއްވެ؟ މިއީ ބަޔަކު މުއްސަދި ކުރަން އޮންނަ ޕޮލިސީއެއް ހެއްޔެވެ؟
ރަޝިއާގެ ޑްރޯން ހަމަލާތަކަކާއެކު ޔޫކްރޭންގެ ހަކަތައިގެ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ލައްކައިން މީހުން ކަރަންޓުން މަހްރޫމްވެއްޖެ!
ޔޫކްރޭންގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ރަޝިއާއިން ދިން ޑްރޯން ހަމަލާތަކެއްގައި އާންމުންގެ އެތައް ބަޔަކު މަރުވެ، ހަކަތަ ފޯރުކޮށްދޭ މުހިންމު ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ރާއްޖޭގެ މާލީ ހާލަތަށް އެހީވުމަށް އިންޑިއާއިން 30 ބިލިއަން ރޫޕީސްގެ ކަރަންސީ ސުވޮޕް ފެސިލިޓީ އިތުރު މުއްދަތަކަށް އާކޮށްދީފި!
ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ރައްކާތެރިކަން ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާގެ ސެންޓްރަލް ބޭންކް (އާރްބީއައި) މެދުވެރިކޮށް ދީފައިވާ 30 ބިލިއަން އިންޑިއަން ރޫޕީސް (ގާތްގަނޑަކަށް 319-320 މިލިއަން އެމެރިކާ ޑޮލަރު) ގެ ކަރަންސީ ސުވޮޕް ފެސިލިޓީގެ މުއްދަތު އާކޮށްދިނުމަށް (ރޯލްއޯވަރ ކުރުމަށް) އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.